ޚަބަރު

"އުނގޫފާރާއި، މީދޫގެ މަގުހެދުމުގެ މަސައްކަތް އަންނަ މަހު ނިމޭނެ"


ރ. އަތޮޅު އުނގޫފާރާއި،މީދޫގެ މަގުހެދުމުގެ މަސައްކަތް އަންނަ މަހުގެ ނިއަލަށް ނިމޭނެ ކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފިއެވެ. 

އުނގޫފާރުގައި 14 މަގެއް ތާރުއަޅައިގެން ހެދުމުގެ މަސައްކަތް ފަށާފައިވަނީ، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުއެވެ. މިއީ ގާތްގަނޑަކަށް ދައުލަތުގެ ބަޖެޓުން 32.6 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.

އަދި މީދޫގެ މަގުހެދުމުގެ މަސައްކަތްވެސް އެމްއާރުޑީސީން ފަށާފައިވަނީ މިދިޔަ އަހަރު އޮގަސްޓްމަހުއެވެ. މި މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 30.6 މިލިއަން ރުފިޔާ ޚަރަދުކުރައްވައެވެ. މިދޫ މަގުހެދުމަށް ހަމަޖެހިފައިވަނީ ގާ އަތުރައިގެން ޒަމާނީ ފެންވަރަށެވެ.  މި ދެ ރަށުގެ މަގު ހެދުމުގެ މަޝްރޫޢާއެކު ގާތްގަނޑަކަށް 15 ރަށުގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްގެންދަވައެވެ.