ތަޢުލީމު

އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރަކަށް ޑރ. މަރްޔަމް ޝަހްނީޒާ


ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސަރޗް އެންޑް އިނޮވޭޝަން) ކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.

މިމަޤާމަށް ޢައްޔަންކުރެއްވީ ޑރ. މަރްޔަމް ޝަހްނީޒާ ނަޞީރެވެ. ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސަރޗް އެންޑް އިނޮވޭޝަން) ކަމުގެ މަޤާމަށް ޢައްޔަންކުރެއްވި ޑރ. މަރްޔަމް ޝަހްނީޒާ ނަޞީރަކީ، ތިލަދުންމަތީ އުތުރުބުރި ދިއްދޫ ބޭފުޅެކެވެ.