ވިޔަފާރި

ދިރާގުން "ސްމާޓް އެގްޒެކްޓިކް" ޕެކޭޖް ތައާރަފްކޮށްފި


ރާއްޖޭގެ ކޮންމެ ނެޓްވޯކަކަށްވެސް ބޭނުން ވަރަކަށް ކޯލާއި އެސް.އެމް.އެސް ކުރެވޭ އަދި ރާއްޖޭގައި އެންމެ ގިނަ ޑޭޓާ ހިމެނޭ ގޮތަށް, "ސްމާރޓް އެގްޒެކެޓިވް" ގެ ނަމުގައި ޚާއްޞަ މޯބައިލް ޕޯސްޓްޕެއިޑް 2 ޕެކޭޖެއް ދިރާގުން ތައާރަފްކޮށްފި އެވެ.

ދިރާގުން ބުނީ "ސްމާރޓް އެގްޒެކެޓިވް 1499" އަދި "ސްމާރޓް އެގްޒެކެޓިވް 1999" ގެ ނަމުގައި ތަޢާރަފް ކުރެވުނު މި ދެ ޕެކޭޖަކީ ވިޔަފާރި ވެރިންނާއި އެގްޒެކެޓިވްސް އަދި ޕްރޮފެޝަނަލް މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވަރަށް އެކަށީގެންވާ ޕެކޭޖްތަކެކެވެ.

ސްމާރޓް އެގްޒެކެޓިވް 1499 ގައި 30 ޖީބީ ޑޭޓާ އަދި ސްމާރޓް އެގްޒެކެޓިވް 1999 ގައި 45 ޖީބީގެ ޑޭޓާ ހިމެނޭނެ ކަމަށާއި މިއީ ރާއްޖޭގައި މިހާތަނަށް މޯބައިލް ޕެކޭޖަކަށް ކަނޑައެޅޭ އެންމެ ބޮޑު ޑޭޓާ އެލަވަންސްކަމަށް ދިރާގުން ބުނެއެވެ. އަދި މި ދެ ޕެކޭޖުން ވެސް ޑޭޓާ އެލަވަންސް ހުސްވިޔަސް އެކްސެސް ޗާޖެއް ނޯންނާނެ ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގެ ކޮންމެވެސް އެއްގައުމަކަށް ކުރާ ކޯލްތަކަށް %50 ގެ ޑިސްކައުންޓް ލިބޭނެ ކަމަށްވެސް ދިރާގުން ހާމަކުރެއެވެ.