ކުޅިވަރު

އަދުރޭ ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ކަންމަތި ސްޕޯޓްސްއަށް


އަދުރޭ ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ކަންމަތިސްޕޯޓްސް ކްލަބް ހޯދައިފިއެވެ. 

ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލްރަހީމް އަބްދުﷲ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މިމުބާރާތުގައި މިއަހަރު21 ޓީމް ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ޗެމްޕިއަންކަން ކަންމަތި ސްޕޯޓްސް ހޯދީ ފައިނަލްގައި އެފްސީ ޕެޓްރާސްއާ ވާދަކޮށް ހަލަނޑު ތިންލަނޑުން މެޗްކާމިޔާބުކޮށްގެންނެވެ.

 ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ކަންމަތިސްޕޯޓްސްގެ އަލީ ހާފިޒުއެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ކަންމަތިސްޕޯޓްސްގެ އަބްދުﷲ ޝައްފާންއެވެ. އޭނާ ވަނީ މުބާރާތުގައި 26ލަނޑު ޖަހާފައެވެ. މުބާރާތުގެއެންމެ މޮޅު 5 ކުޅުންތެރިންނަކީ ކަންމަތި ސްޕޯޓްސްގެ އަބްދުﷲ ޝައްފާން، އަހުމަދުހަލީމް، މުހައްމަދު ރަޝީދު، އެފްސީ ޕެޓްރާސް މޫސާ ހާނިމް އަދި އަލީ އިރުފާދުއެވެ.

ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާދިންމިމުބާރާތުގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރު އެއްލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި. މިއަދުގެ ފައިނަލް މެޗް ޝަރަފްވެރިކޮށް ޗެމްޕިއަންޓީމަށް ތައްޓާ އިނާމްހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރާއި ރާއްޖޭގެ ފުޓްބޯޅަޓީމްގެ ކެޕްޓަން އަލީ އަޝްފާގެވެ.