ޚަބަރު

''އިލް ނޮއިސް''ގެ ޓްރެއިލަރ ލޯންޗްކޮށްފި


ތިއޭޓަރ މިރާޖާއި އޮކޭޒް އިންކް ގުޅިގެން އުފައްދާ ދިވެހި ފިލްމު ''އިލް ނޮއިސް''ގެ ޓްރެއިލަރ ލޯންޗްކޮށްފިއެވެ.

''އިލް ނޮއިސް''ގެ ޓްރެއިލަރ ލޯންޗްކޮށްފައި ވަނީ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯމާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

fb:https://www.facebook.com/illnoisethemovie/videos/261967060904390/

މި ފިލްމުގެ ޓްރެއިލަރ ލޯންޗްކުރުމުގެ އިތުރުން ފިލްމްގެ ޕާޓަރުންނާއި އެކު ސޮއިކޮށްފައިވެއެވެ. މި ފިލްމުގެ މީޑިއާ ޕާޓްނަރއަކީ ޕީ.އެސް.އެމްއެވެ. ޑިސްޓްރިބިއުޓަރ އަކީ ޝުވެކް ސިނަމާ، ޕްރިންޓް ޕާޓްނަރއަކީ އެމް ޕްރިންޓްސް، އޮންލައިން ޕާޓްނަރަކީ "މިހާރު" އަދި ޓެލެކޮމް ޕާޓްނަރަކީ ދިރާގެވެ.

img:http://s3.psmnews.mv/images/660x400/14866684730974.jpg|ދިވެހި ފިލްމް އިލް ނޮއިސްގެ ޓްރެއިލަރ ލޯންޗްކޮށް، ސްޕޮންސަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މި ފިލްމު ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ މުޅިންވެސް އާ ތަރިންކަމަށް ތިއޭޓަރ މިރާޖުން ބުނެއެވެ.

އެޑްވާޑް ބެނެވިކް ކިޔާ މީހަކަށް ޖެހިފައިވާ ބައްޔަކުން ސަލާމަތްވާން ކުރާ މަސައްކަތް ދައްކުވައިދޭ މި ފިލުމް ވެގެންދާނީ އެހެން ދިވެހި ފިލުމްތަކާއި މުޅިން ތަފާތު ފިލްމެއްކަމަށް ތިއޭޓަރ މިރާޖުން ބުނެއެވެ.

އަންނަ މަހު ރިލީޒްކުރާ މި ފިލްމް އަވަށްޓެރި ބައެއް ޤައުމުތަކުގައިވެސް ދެއްކުމަށް ހަމަޖެހިފައިވޭ.