ޚަބަރު

ޖޮއިންޓް ކޮމިޝަނުގެ ތިންވަނަ ބައްދަލުވުން ބާއްވަވައިފި


ދިވެހި ރާއްޖެ - ސްރީލަންކާ، ޖޮއިންޓް ކޮމިޝަނުގެ ތިންވަނަ ބައްދަލުވުން މިއަދު ދިވެހިރާއްޖޭގައި ކުރިއަށްގެންދަވައިފިއެވެ.

ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަތީ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް އަދި ސްރީލަންކާގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެޤައުމުގެ ފޮރިން މިނިސްޓަރ މަންގަލަ ސަމަރަވީރާއެވެ.

މިއަދު އޮތް ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމުދުގައި ޤާއިމުވެފައިވާ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި، ތަޢުލީމީ ދާއިރާއާއި، އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާ ތަރައްޤީ ކުރުމަށް އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން ޓޫރިޒަމާއި، މަސްވެރިކަމާއި، ޞިއްޙީ ދާއިރާ ކުރިއެރުވުމަށް އެއްޤައުމު އަނެއްޤައުމަށް އެއްބާރުލުން ދެއްވުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާގެ ޖޮއިންޓް ކޮމިޝަން ބައްދަލުވުމެއް ދެންބާއްވާނީ 2019 ވަނަ އަހަރު ސްރީލަންކާގައި ކަމަށްވެސް މިބައްދަލުވުމުގައި ކަނޑައަޅުއްވާފައިވެއެވެ.