ވިޔަފާރި

ޙާއްޞަ އިނާމްތަކަކާއެކު "އެސްޓީއޯ ޗޮކްލެޓު ފެސްޓު" ފަށައިފި


ޙާއްޞަ ޢިނާމްތައް ލިބުމުގެ ފުރުޞަތުތަކާއެކު "އެސްޓީއޯ ޗޮކްލެޓު ފެސްޓު" ފަށައިފިއެވެ.  މިއީ، ކޮންމެ އަހަރަކު މި ޕްރޮމޯޝަން ބާއްވަމުން އަންނަތާ ދިހަވަނަ އަހަރެވެ.ރާއްޖެއަށް އެކި ބްރޭންޑުތަކުގެ ޗޮކްލެޓް އެތެރެކުރާ ކުންފުނިތަކާ ގުޅިގެން އެސްޓީއޯއިން ބާއްވާ ޗޮކްލެޓު ފެސްޓު ޕްރޮމޯޝަން ކުރިއަށް ގެންދަނީ އެސްޓީއޯ ސްޕަރ މާރޓުގައެވެ. އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރ ފާޠިމަތު އާޝާން ވިދާޅުވީ މިއަހަރުގެ ޗޮކްލެޓު ފެސްޓުގައިވެސް ގިނަ ޙަރަކާތްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށެވެ.ދިވެހިންގެ މެދުގައި މަޤްބޫލްކަން ހޯދާފައިވާ ޗޮކްލެޓުގެ ބުރޭންޑުތަކުން މިފެސްޓުގައި ޑިސްކައުންޓް ލިބެން ހުރިއިރު، ޗޮކްލެޓު ގަނެގެން ތަފާތު އިނާމްތައް ލިބުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް ފެސްޓުގައި ބައިވެރިވެފައިވާ ކުންފުނިތަކުން ހާމަކުރެއެވެ.އެސްޓީއޯއިން ވަނީ މިއަހަރުގެ ކޮންމެ މަހަކުވެސް އެކި އުފެއްދުންތަކަށް އަމާޒުކޮށްގެން ފެސްޓިވަލްތައް ބޭއްވުމަށް ނިންމާފައެވެ. އެގޮތުން މިދިޔަމަހުވެސް އެސްޓީއޯއިން، ޖޫހުގެ ބާވަތްތަކުން 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް، ޖޫސް ފެސްޓްގެ ނަމުގައި ބާއްވާފައިވެއެވެ.