ޚަބަރު

ސޫރިޔާއަށް އެތެރެވާން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފި


ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެޤައުމަށް އެތެރެވާން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މީހާ ހައްޔަރުކުރުމަށްފަހު މިހާރު މާލެ ގެނެސްފައިވާކަމަށާއި، މި މައްސަލަ އިތުރަށް ތަޙްޤީޤް ކުރައްވަމުންދާކަމަށެވެ. މި މީހާ ހައްޔަރުކުރިތަނަކާއި އަދި މި މީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކުރައްވާފައެއްނުވެއެވެ.

މީގެ ކުރިންވެސް ސޫރިޔާއަށް އެތެރެވާން އުޅުނު ދިވެހިންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

މިފަދަ މައްސަލަތައް މަދުކުރުމަށްޓަކައި ބައިނަލްއަޤްވާމި ފަރާތްތަކާއެކު ފުލުހުން ކުރައްވަމުންގެންދަވާ މަސައްކަތްތައް އިތުރަށް ފުޅާކޮށް ފުލުހުންގެ ޤާބިލުކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރައްވަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.