ޚަބަރު

ރިޔާސީ ބަޔާން 2017


10:30- ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ރިޔާސީ ބަޔާން އިއްވަވާ ނިންމަވާލައްވައިފި

- މި ސަރުކާރުގެ ފުރަތަމަ 3 އަހަރު ނިމިގެން ދިޔައިރު،  މާތްﷲ ގެ ވާގިފުޅާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިމިގެން ހިނގައްޖެ. ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ. އަމާންކަމާއި ހަމަޖެހުން ޤާއިމުކުރެވިއްޖެ- ރައީސުލްޖުމްހޫރިއްޔާ

- ސަރުކާރުގެ އެންމެމުހިއްމު އެއް އަމާޒަކީ، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް އަވަހަށްފުއްދައިދިނުން- ރައީސުލްޖުމްހޫރިއްޔާ

- ރާއްޖެއިން ބޭރުގައިދިރިއުޅޭ ދިވެހީންނަށް، ވަކިން ޚާއްޞަކޮށް، ރާއްޖޭގެ ކިޔަވާކުދިންނަށްޑިޕްލޮމެޓިކް އަދި ކޮންސިއުލަރ އުސޫލުން ދެވިދާނެ ޚިދުމަތްތައް، މި ޤައުމުގެފުދުންތެރިކަން ހުރި މިންވަރަކުން އިތުރަށް ފޯރުކޮށްދޭނެ- ރައީސުލްޖުމްހޫރިއްޔާ

- ރާއްޖެއިން ބޭރަށްދަތުރުކުރާ ދިވެހީން، ވިސާ ނަގަންޖެހޭ ޤައުމުތަކާއެކު މަޝްވަރާކޮށް، ދިވެހީންނަށްލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މިސަރުކާރުން އިތުރު މަސައްކަތްތައް ކުރާނެ- ރައީސުލްޖުމްހޫރިއްޔާ

- ކުރިއަށް އޮތް ތާނގައިވެސް ރާއްޖެއަށް ހެޔޮ އެދޭ، ރާއްޖޭގެ ޤައުމީ ސިޔާދަތަށް އިޙްތިރާމްކުރާ ޤައުމުތަކާ ގުޅިގެން މަސައްކަތްކޮށް، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އިތުރު ފުރުޞަތުތައް ހޯދައި ފަހިކުރުމަށް، ޚާރިޖީ ދާއިރާއިން މަސައްކަތް ކުރާނެ- ރައީސުލްޖުމްހޫރިއްޔާ

- ވޭތުވެދިޔަ އަހަރު، ދޭދޭ ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށް، އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާގައި ދިވެހިރާއްޖޭގެ ހަރަކާތްތައް އިތުރުކުރެވުނު- ރައީސުލްޖުމްހޫރިއްޔާ

- ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމަށް މިދިޔަ އަހަރު ދިވެހި ސަރުކާރުން ނިންމި ނިންމުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތާރީޚުގައި ނިންމި އެންމެ އުނދަގޫ އެއް ނިންމުން- ރައީސުލްޖުމްހޫރިއްޔާ

- 2016 ވަނަ އަހަރު ބައިނަލްއަޤްވާމީ މަސްރަޙުގައި ދިވެހިރާއްޖެ ވަނީ ދިވެހީން ފަޚުރުވެރިވާ ފަދަ ކާމިޔާބީތަކެއް ހާސިލުކޮށް، ދިވެހި ޤައުމުގެ ޤަދަރާއި ޝަރަފު މަތިވެރިކޮށް، ރާއްޖޭގެ ޤައުމީ މަޞްލަޙަތު ޙިމާޔަތްކޮށް، ކުރިއަރުވާފައި- ރައީސުލްޖުމްހޫރިއްޔާ

- މިއަހަރު ނިމޭއިރު 13 އަތޮޅެއްގައި 25 ޓޫރިސްޓް ރިޒޯޓް، އަދި ގއ.ކޫއްޑޫގައި ޓޫރިސްޓް ހޮޓަލެއް ހުޅުވި، 5275 އެނދު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ- ރައީސުލްޖުމްހޫރިއްޔާ

- މިސަރުކާރުގެ 5 އަހަރުގެ ދައުރު ނިމޭއިރު، 50 އާ ރިޒޯޓް ތަރައްޤީކުރުމުގެ އަމާޒުގެދަށުން މިދިޔަ އަހަރު 6 އަތޮޅަކުން 11 ރިޒޯޓު ވަނީ ރަޖިސްޓަރީކުރެވިފައި. އަދި 135 ޓޫރިސްޓް ގެސްޓްހައުސް ވަނީ ރަޖިސްޓަރީކުރެވިފައި- ރައީސުލްޖުމްހޫރިއްޔާ

- މިވޭތުވެދިޔަ3 އަހަރު ދުވަހުގެ ތެރޭގައި 20 ރިޒޯޓް އަދި 1 ހޮޓާ ވަނީ ހުޅުވިފައި- ރައީސުލްޖުމްހޫރިއްޔާ

- ޓޫރިޒަމަކީ،ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު ޞިނާޢަތު ކަމަށްވުމާއެކު، ސަރުކާރުންއެންމެބޮޑު އިސްކަމެއް ދެމުން މިގެންދަނީ، މި ދާއިރާގައި ކުރެވޭއިންވެސްޓްމަންޓްތައް ފުޅާކޮށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް- ރައީސުލްޖުމްހޫރިއްޔާ

- އިންވެސްޓްމަންޓަށް ފަހިކުރުމަށްޓަކައި މާލީ އަދި  ތިޖާރީ މައްސަލަތަކަށް ޚާއްޞަ ކޮމަރޝަލް ކޯޓެއް ޤާއިމުކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި ޤަބޫލުކުރެވޭ އާބިޓްރޭޝަން ސެންޓަރެއް ރާއްޖޭގައި ޤާއިމުކުރެވޭނެ- ރައީސުލްޖުމްހޫރިއްޔާ

- އިންވެސްޓްމަންޓަށްފަހިކުރުމަށް މިހާރު އެންމެ އިސްކަމެއް ދެވިގެން ކުރެވޭ އެއް މަސައްކަތަކީ، ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާނޭ ޑިސްޕިއުޓް ރެޒޮލިއުޝަންމެނޭޖިޒަމެއް ނުވަތަ މައްސަލަ ޙައްލުކުރުމުގެ ނިޒާމެއް ޤާއިމުކުރުން- ރައީސުލްޖުމްހޫރިއްޔާ

- ރާއްޖެއަކީ ހުރިހާ ގޮތަކުންވެސް އިންވެސްޓަރުންނަށް ފަހި ތަނަކަށް ހެދުމަކީ، މި ސަރުކާރުގެ އެންމެ މުހިންމު އެއް މަސައްކަތް-  ރައީސުލްޖުމްހޫރިއްޔާ

- މި ސަރުކާރުގެ އެންމެ އިސް އަމާޒަކީ، ރާއްޖޭގެ ތަރައްޤީ. ރައްޔިތުންނަށް ދުޅަހެޔޮ އަދި ފެންވަރު ރަނގަޅު ދިރިއުޅުމެއް ފަހިކޮށްދިނުން- ރައީސުލްޖުމްހޫރިއްޔާ

- މިއަހަރުތެރޭ ހުޅުވެން ހުރި ރިސޯޓުތަކާއި، ހިންގުމަށް ހަމަޖެހިފައިވާ ބޮޑެތި މަޝްރޫޢުތަކަށް ބަލާއިރު، މިއަހަރަކީވެސް ވަޒީފާގެ ބާޒާރު ތިޔާގި އަހަރަކަށް ވެގެންދާނެ- ރައީސުލްޖުމްހޫރިއްޔާ

- ސަރުކާރުން ހިންގަމުންދާ ޢުމްރާނީ ތަރައްޤީގެ ޕްރޮގްރާމްތަކާއި،އުފެއްދުންތެރިކަން އިތުރުކުރުމުގެ މަޝްރޫޢުތަކުގެ ސަބަބުން ޒުވާނުންގެ މެނިފެސްޓޯގައި ހިމެނޭ 94,000ވަޒީފާގެ ފުރުޞަތުގެ ދަށުން، މިވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި، 64,000އަށްވުރެ ގިނަ ވަޒީފާ ރާއްޖޭގެ އެކި ދާއިރާތަކުގައި އުފެދިފައިވާ ކަމަށް އަންދާޒާކުރެވޭ- ރައީސުލްޖުމްހޫރިއްޔާ

- ކުދިވިޔަފާރިއާއި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމަށްސަރުކާރުން ފަށްޓާފައިވާ މަސައްކަތްތަކުގެ ދަށުން ކްރެޑިޓް ގްރެންޓީ ސްކީމް 50މިލިއަނުން 100 މިލިއަނަށް އިތުރުކޮށް، ރަހުނު ނުލައި ލޯނު ލިބޭނެ މަގު، އަލަށް ވިޔަފާރިއަށް ވަންނަ ފަރާތްތަކަށް ނުވަތަވިޔަފާރި ފުޅާކުރާ ފަރާތްތަކަށް ފަހިކޮށްދެވިގެންދާނެ- ރައީސުލްޖުމްހޫރިއްޔާ

- މާލޭ ޕޯޓްގެ ޖާގައިގެ ހައްލު ހޯދުމަށްޓަކައި، މުދާ ކްލިއަރ ކުރުމުގެ ބައެއް އޮޕަރޭޝަންތައް ހުޅުމާލެއަށް ބަދަލުކުރެވި، ހަލާކުވާ ޒާތުގެ މުދާ ބެހެއްޓުމަށް ކޯލްޑް ސްޓޯރޭޖް ހެދުމާއި، މުދާ ރައްކާކުރާ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ވަނީ ފެށިފައި- ރައީސުލްޖުމްހޫރިއްޔާ

- މާލޭ ޕޯޓުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި، މުދާ ކްލިއަރ ކުރުމުގައިބޭނުންކުރާ ވެހިކަލްތަކާއި އާލާތްތައް އާކުރުމަށް 140 މިލިއަން ރުފިޔާޚަރަދުކޮށްގެން، މުދާ ކްލިއަރ ކުރުމުގެ ޕްރޯސަސްވަނީ ވަރަށް ބޮޑަށްހަލުވިކުރެވިފައި- ރައީސުލްޖުމްހޫރިއްޔާ

- ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީއަށް ފާއިތުވި 3 އަހަރު ހިންގިފައިވާ އަދި ހިންގަން ފަށާފައިވާ މަޝްރޫޢުތަކުގެ ޖުމްލަ އިންވެސްޓްމަންޓް އަދަދަކީ ގާތްގަނޑަކަށް 900 މިލިއަން އެމެރިކާ ޑޮލަރު- ރައީސުލްޖުމްހޫރިއްޔާ

- އައިހެވަން މަޝްރޫޢުގެ ތަފްޞީލު ޕްލޭންތައް، މިއަހަރުގެ އެޕްރީލްގެ ކުރިން ނިމޭނެ. މިއާއެކު، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމުގެ މަސައްކަތް ކުރެވިގެންދާނެ- ރައީސުލްޖުމްހޫރިއްޔާ

- ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން ޓޫރިޒަމްގެ ޞިނާޢަތް ފިޔަވައި އެހެން ޞިނާޢަތްތަކުގައި 56 އިންވެސްޓްމަންޓެއް ވަނީ ރަޖިސްޓަރީކޮށްދެވިފައި. މި އިންވެސްޓްމަންޓްތަކުން 5 އަހަރު ދުވަހުގެ ތެރޭގައި، 1.483 ބިލިއަން ޔޫ.އެސް. ޑޮލަރު، ފަށާ އިންވެސްޓްމަންޓްގެ ގޮތުގައި ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުށަހަޅާފައިވޭ- ރައީސުލްޖުމްހޫރިއްޔާ

- 2017 ވަނަ  އަހަރުގެ ތެރޭގައިވެސް ތަރައްޤީގެ ބިޔަ މަޝްރޫޢުތަކަށް ފަންޑުކުރުމަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ކުރުމަށް ވަނީ ކަނޑައެޅިފައި- ރައީސުލްޖުމްހޫރިއްޔާ

- ސަރުކާރުން ހިންގާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް 2016 ވަނަ އަހަރު ނިމުނުއިރު، 4.79 ބިލިއަން ދިވެހި ރުފިޔާގެ 5 ލޯނެއްގައި ސޮއިކުރެވިފައިވޭ- ރައީސުލްޖުމްހޫރިއްޔާ

- 2016 ވަނަ އަހަރު ބޮލަކަށްޖެހޭ އާމްދަނީގެ ނިސްބަތް ހުރީ 8063ޔޫ.އެސް. ޑޮލަރުގައި- ރައީސުލްޖުމްހޫރިއްޔާ

- 2017 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ޑެފިސިޓްގެ ނިސްބަތް ހުންނާނެ ކަމަށް އަންދާޒާކުރެވެނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 0.5 ޕަސެންޓްގައި- ރައީސުލްޖުމްހޫރިއްޔާ

- 2017 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް 303.7 މިލިއަން ރުފިޔާއަށް ކުޑަކުރެވި، ޕްރައިމަރީ ބެލެންސް 1.1 ބިލިއަން ރުފިޔާއިން އަރަނިވާނެކަމަށް ބެލެވޭ- ރައީސުލްޖުމްހޫރިއްޔާ

- 2017 ވަނަ އަހަރު ނިޔަލަށް 22.2 ބިލިއަން ރުފިޔާ ޚަރަދުކުރެވޭނެ ކަމަށް ލަފާކުރެވޭއިރު، 21.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވިފައިވޭ- ރައީސުލްޖުމްހޫރިއްޔާ

- 2016 ވަނަ އަހަރު ދައުލަތަށް 18.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 22.4 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައިވޭ- ރައީސުލްޖުމްހޫރިއްޔާ

- 2017 ގައިވެސް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިގެންދާނީ، އިންފްލޭޝަން ރޭޓު 2 ޕަސެންޓަށްވުރެ ދަށުގައި ބެހެއްޓުމަށް- ރައީސުލްޖުމްހޫރިއްޔާ

- ރާއްޖޭގެ އިންފްލޭޝަން ރޭޓު، ވޭތުވެދިޔަ އަހަރު އެވްރެޖްކޮށް ހުރީ 0.4ޕަސެންޓްގައި. ފާއިތުވެދިޔަ އަހަރުވެސް ތަކެތީގެ އަގު އުފުލެމުންދާ މިންވަރުވަނީ 2ޕަސެންޓަށްވުރެ ދަށުގައި ހިފެހެއްޓިފައި- ރައީސުލްޖުމްހޫރިއްޔާ

- ދިވެހިރާއްޖޭގެ އިޤްތިޞާދު 2016 ވަނަ އަހަރު ކުރިއަރާފައިވާ ނިސްބަތަކީ 3.9ޕަސެންޓް. އަދި 2017 ވަނަ އަހަރު ޤައުމުގެ އިޤްތިޞާދީ ދުވެލި އިތުރަށް ހަލުވިވެ، 4.7ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާކުރެވޭ- ރައީސުލްޖުމްހޫރިއްޔާ

- އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް83 ރަށެއްގައި 2017 ވަނަ އަހަރު ކުރިޔަށް ގެންދެވޭއިރު، މި ނިޒާމުތަކުން 12މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ- ރައީސުލްޖުމްހޫރިއްޔާ

- ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ދުވާލުގަޑީގައިބޭނުންވާ އެންމެ މަތީ ކަރަންޓުގެ 30 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައަށްހެއްދެވުމުގެ މަޝްރޫޢުގެ މަސައްކަތް 2016 ވަނަ އަހަރު 112 ރަށެއްގައިކުރިޔަށްދިޔަ- ރައީސުލްޖުމްހޫރިއްޔާ

- ޞިނާޢީ މަސައްކަތް ކުރުމަށް ބޭނުންވާނެ ބިން މާލޭގެ ހުޅަނގު ދެކުނު ފަރާތުންހިއްކައި، މާލޭ ކުނި މެނޭޖް ކުރުމުގެ މަސައްކަތް، މިދިޔަ އަހަރު ވަނީ އެސަރަޙައްދަށް ބަދަލުކުރެވިފައި- ރައީސުލްޖުމްހޫރިއްޔާ

- 37 ރަށެއްގައި ކުނިކޮށި އަޅައިދިނުމަށް މަސައްކަތް މިއަހަރު ފެށުމަށް ވަނީ ރޭވިފައި- ރައީސުލްޖުމްހޫރިއްޔާ

- ކުނި މެނޭޖްކުރުމަށް ބޭނުންވާ އިކްވިޕްމަންޓް، 10 ރަށަކަށް ފޯރުކޮށްދިނުމުގެމަސައްކަތް ވަނީ ފަށާފައި- ރައީސުލްޖުމްހޫރިއްޔާ

- 2016 ވަނަ އަހަރު ރާއްޖޭގެ 21ރަށެއްގައި ކުނިކޮށި އެޅުމުގެ މަސައްކަތް ވަނީ ފެށިފައި- ރައީސުލްޖުމްހޫރިއްޔާ

- ހދ. ކުޅުދުއްފުށްޓާއި ށ.ފުނަދުއާއި ފ.ނިލަންދުއާއި ގދ. މާވަރުލާއި ގދ. ފަރެސްމާތޮޑާގައި ސަރަޙައްދީ ވައިގެ ބަނދަރު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭނެ- ރައީސުލްޖުމްހޫރިއްޔާ

- މިއަހަރު އަލަށް 3 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢާއި، 3 ރަށެއްގެ ފެން ހިންދުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައި- ރައީސުލްޖުމްހޫރިއްޔާ

- ރާއްޖޭގައި ގިރަމުންދާ ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 22މަޝްރޫޢެއް، 2016 ވަނަ އަހަރު ކުރިއަށް ގެންދެވި، މީގެތެރެއިން 12 މަޝްރޫޢެއްގެމަސައްކަތް، އެ އަހަރުގެ ތެރޭގައި ވަނީ ނިމިފައި- ރައީސުލްޖުމްހޫރިއްޔާ

- ބޯފެން ރައްކާކުރާ ނިޒާމު ޤާއިމުކުރުމަށްއެކުލަވާލެވިފައިވާ ޚާއްޞަ މަޝްރޫޢުގައި ހިމެނޭ 86 ރަށެއްގެ މަސައްކަތް 2016 ވަނައަހަރު ކުރިޔަށްދިޔައިރު، މީގެތެރެއިން 15 ރަށުގެ މަސައްކަތް ނިމި ޚިދުމަތްދޭންވަނީ ފަށާފައި- ރައީސުލްޖުމްހޫރިއްޔާ

- މިއަހަރުގެ ތެރޭގައި ފެނުގެ ނިޒާމު ޤާއިމުކޮށްދިނުމުގެ 28 މަޝްރޫޢެއް، އެކިމަރުޙަލާގައި ކުރިއަށްގެންދާނެ- ރައީސުލްޖުމްހޫރިއްޔާ

- 2016 ވަނަ އަހަރު 40 ރަށެއްގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް، އެކި މަރުޙަލާގައި ކުރިއަށް ގެންދެވުނު- ރައީސުލްޖުމްހޫރިއްޔާ

- މި އަހަރުގެ ތެރޭގައި 46 ރަށެއްގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އެކި މަރުޙަލާގައި ކުރިއަށް ގެންދެވޭނެ- ރައީސުލްޖުމްހޫރިއްޔާ

- 2016 ވަނަ އަހަރު 21 ރަށެއްގައި ނަރުދަމާނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ކުރިޔަށްދިޔައިރު 8 ރަށުގެ ޢަމަލީމަސައްކަތް ވަނީ ނިމިފައި- ރައީސުލްޖުމްހޫރިއްޔާ

- 2016 ވަނަ އަހަރު 56 ރަށެއްގެ ނަރުދަމާގެ މަސައްކަތް، އެކިމަރުޙަލާގައި ކުރިއަށް ގެންދެވުނު- ރައީސުލްޖުމްހޫރިއްޔާ

- އާބާދީ ކުދި ރަށްތަކަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި 8 ރަށެއްގެ ފާލަން އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދެވޭނެ- ރައީސުލްޖުމްހޫރިއްޔާ

- ވޭތުވެދިޔަ 2016 ވަނައަހަރު 13 ރަށެއްގެ ބަނދަރު ހަދައި ވަނީ ނިމިފައި. އަދި 43 ރަށެއްގެ ބަނދަރުހެދުމުގެ މަސައްކަތް ފެށިގެން މިހާރު ކުރިއަށް އެބަދޭ- ރައީސުލްޖުމްހޫރިއްޔާ

- ވޭތުވެދިޔަ އަހަރަކީ، ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ބައިނަލްއަޤްވާމީފެންވަރުގައި ގިނަ ކާމިޔާބީތަކެއް ލިބިގެންދިޔަ އަހަރެއް. ކުޅިވަރުތަކުން 4 ގޯލްޑްމެޑެލް، 6 ސިލްވަރ މެޑެލް، އަދި 22 ބްރޯންޒް މެޑެލް ރާއްޖޭގެ ކުޅުންތެރިންނާއިޓީމުތަކުން ވަނީ ހާސިލުކޮށްފައި- ރައީސުލްޖުމްހޫރިއްޔާ

- މިއަހަރު ނިމޭއިރު އިރާދަކުރެއްވިއްޔާ ސްޕޯޓްސް އެރީނާ ޤާއިމުކުރުމުގެމަޝްރޫޢުގެ 80 އިންސައްތަ މަސައްކަތް ނިމޭނެ- ރައީސުލްޖުމްހޫރިއްޔާ

- 1000 ން މަތީގެ އާބާދީ ހިމެނޭ ރަށްތަކުގެ 96 އިންސައްތަ ރަށުގައި ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ޤާއިމުކުރުމުގެ ގޮތުން ސްޕޯޓްސް އެރީނާގެ މަސައްކަތް ވަނީ ފެށިފައި- ރައީސުލްޖުމްހޫރިއްޔާ

- ޒުވާނުންނަށް އެކިރޮނގުތަކުން ކުރު މުއްދަތުތަކުގެ ކޯސްތައް ހިންގައި 600 އަށްވުރެ ގިނަ ޒުވާނުންމިދިޔަ އަހަރު ތަމްރީނު ކުރެވުނު- ރައީސުލްޖުމްހޫރިއްޔާ

- ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން ވަޒީފާ އަދާކުރެވޭވަރުގެ 277 މީހުންނަށް މިހާރުވަނީ ވަޒީފާ ހަމަޖައްސައިދެވިފައި- ރައީސުލްޖުމްހޫރިއްޔާ

- 2016ވަނަ އަހަރު ތަފާތު އެތައް ދާއިރާއަކުން 80 ސުޕަރސްޕެޝަލިސްޓުން ރާއްޖޭގެ 14އަތޮޅަކަށް ޒިޔާރަތްކުރައްވައި 5427 ބަލިމީހުންނަށް ޚިދުމަތް ދެއްވާފައިވޭ- ރައީސުލްޖުމްހޫރިއްޔާ

- 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައިކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކުރުމަށް ބޭރުގެ ފަރާތަކާ ހަވާލުކުރުމުގެމަސައްކަތް މިހާރު ދަނީ ހިނގަމުން- ރައީސުލްޖުމްހޫރިއްޔާ

- އައްޑޫސިޓީގައި 100 އެނދުގެ ހޮސްޕިޓަލް އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުއެ ހޮސްޕިޓަލް ހުޅުވިގެންދާނެ- ރައީސުލްޖުމްހޫރިއްޔާ

- މިދިޔަ އަހަރު ޞިއްޙީ ދާއިރާއިން ސަރުކާރުން އެންމެބޮޑު އިސްކަމެއް ދިނީރާއްޖެއިން ލިބެންނެތް ބައެއް ޞިއްޙީ ޚިދުމަތްތައް އައި.ޖީ.އެމް.އެޗް.ގައިޤާއިމުކުރުމަށް- ރައީސުލްޖުމްހޫރިއްޔާ

- މަސައްކަތްތެރިކަމުގެ ސްޓްރީމްގައި މިހާރު 40 އިންސައްތަ ކުދިން ކިޔަވަމުންދާކަން އަޅުގަނޑު ފާހަގަކުރަން- ރައީސުލްޖުމްހޫރިއްޔާ

 ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންވާ ޓީޗަރުން، މިއަހަރު ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހަމަޖެހިގެންދާނެ- ރައީސުލްޖުމްހޫރިއްޔާ

- ބައިނަލްއަޤްވާމީ ތަޢުލީމުގެއެޖެންޑާގައި، 2030 ވަނަ އަހަރު ހާސިލުކުރުމަށް އެއްބަސްވެފައިވާއެއްއަހަރު ދުވަހުގެ ހިލޭ ޕްރީސްކޫލް ތަޢުލީމަށްވުރެ މި މަރުޙަލާގެ ތަޢުލީމުފުޅާކޮށް، މި ލަނޑުދަނޑި މިދިޔަ އަހަރު ހާސިލުކޮށްފައިވާކަން އަޅުގަނޑު އުފަލާއެކުފާހަގަކުރަން- ރައީސުލްޖުމްހޫރިއްޔާ

- ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށަކުން ޕްރީ- ސްކޫލް ތަޢުލީމު ހިލޭ ފޯރުކޮށްދޭން މިހާރު ވަނީފަށާފައި- ރައީސުލްޖުމްހޫރިއްޔާ

- މިއީ، އޯލެވެލް އިމްތިޙާނާއި އެސް.އެސް.ސީ އިމްތިޙާނުން،ޤައުމީ މިންގަނޑުން ޙާޞިލުކުރުމަށް ކަނޑައެޅިފައިވާ 60% ގެ ލަނޑުދަނޑި ޙާސިލުކުރެވުނު ފުރަތަމަ ފަހަރު- ރައީސުލްޖުމްހޫރިއްޔާ

- ތަޢުލީމީ ދާއިރާއިންލިބުނު އެންމެ ބޮޑު އެއްކާމިޔާބީއަކީ، އޯލެވެލް އިމްތިޙާނާއި އެސް.އެސް.ސީއިމްތިޙާނުން  70%ކުދިން  5 މާއްދާއިން ފާސްވުން- ރައީސުލްޖުމްހޫރިއްޔާ

- މަސްވެރިންނަށް ޤާއިމުކޮށްދެވުނު ވަސީލަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މި ދެ ޞިނާޢަތުން އެކަނި ޖުމްލަ 6235 ވަޒީފާގެ ފުރުޞަތު ވަނީ ފަހިކޮށްދެވިފައި- ރައީސުލްޖުމްހޫރިއްޔާ

- އިމްޕޯޓްކުރާ ދަނޑުވެރިކަމުގެ 5 ބާވަތެއް ރާއްޖޭގައިއުފައްދައި، އެ ބާވަތްތައް އިމްޕޯޓްކުރާ މިންވަރު މަދުކުރުމުގެ ޕްރޮގްރާމެއްއިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ- ރައީސުލްޖުމްހޫރިއްޔާ

- ފަޅުރަށްތައް ވަރުވާއަށްދޫކުރާ އުސޫލަށް ގެނެވުނު ބަދަލާ ގުޅިގެން، އެ ރަށެއްގެ ވަރުވާއަށް ސަރުކާރަށްލިބޭ އާމްދަނީ ވަރަށްބޮޑުތަން އިތުރުވެއްޖެ- ރައީސުލްޖުމްހޫރިއްޔާ

- ދަނޑުވެރިންގެޤާބިލުކަމާއި ފަންނީ ހުނަރުވެރިކަން ތަރައްޤީކުރުމުގެ ޕްރޮގްރާމް މިދިޔަ އަހަރު 26ރަށެއްގައި ވަނީ ހިންގާފައި- ރައީސުލްޖުމްހޫރިއްޔާ

- މަސްވެރިން ބާނާ މަސްގަނެ ފިނިކޮށްފައި ބެހެއްޓޭނެ ފެސިލިޓީއެއްއިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އައްޑޫސިޓީގައި ޤާއިމުކުރެވޭނެ- ރައީސުލްޖުމްހޫރިއްޔާ

- ޔޫރަޕުގެ ބޮޑެތި ސުޕަމާކެޓު ޗެއިންތަކަށް ބޭނުންވާ ކޮލިޓީއަށް ފެލިވަރުގެމަސްފެކްޓްރީ އަޕްގްރޭޑްކޮށް، މިހާރު ވަނީ ބޭރުކުރަން ފަށާފައި- ރައީސުލްޖުމްހޫރިއްޔާ

- އެސް.ޓީ.އޯގެ ދަށަށް މިފްކޯ ބަދަލުކޮށް، އެކަމުގެ ހެޔޮ ބަދަލު، މަސްވެރިންނަށާއި މަސްވެރިކަމުގެ ޞިނާޢަތަށް މިހާރު މިދަނީ ލިބެމުން- ރައީސުލްޖުމްހޫރިއްޔާ

- މަހާއި މަހުގެ އުފެއްދުންތަކުން އުކާލަމުންދާ ބައިތައް ބޭނުންކޮށްގެން، މެރިކަލްޗަރޞިނާޢަތަށް ބޭނުންވާ ފިޝްމީލް އުފެއްދުމުގެ މަސައްކަތް، ރާއްޖޭގެ ތިން ސަރަޙައްދެއްގައި ފެށޭނެ- ރައީސުލްޖުމްހޫރިއްޔާ

- އެން ހޯދުމަށް މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން،ބޭންގް އާލާކުރުމުގެ މަޝްރޫޢެއް އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ- ރައީސުލްޖުމްހޫރިއްޔާ

- ރަށްރަށުގެ ބިމުގެ މުއްސަނދިކަން އިތުރުކޮށްދިނުމުގެ ގޮތުން މިދިޔަ އަހަރުގެތެރޭގައި  4 ރަށެއްގެ ބިން ހިއްކައި،ހިއްކާފައިވާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ވަނީ ކުރެވިފައި- ރައީސުލްޖުމްހޫރިއްޔާ

- 1500ހައުސިންގ ޔުނިޓްގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައި- ރައީސުލްޖުމްހޫރިއްޔާ

- ދިވެހިންގެ މެދުގައި ޚާއްޞަކޮށް، ދަރިވަރުންނާއިޒުވާނުންގެ މެދުގައި އިސްލާމީ ވަޙުދަތާއި އިސްލާމީ ޙަޟާރަތާއި ދީނީ އަދި ޤައުމީރޫޙު އާލާކުރުމުގެ ޤައުމީ މަޝްރޫޢެއް ހިންގަން ސަރުކާރުން މިހާރު ވަނީ ނިންމާފައި- ރައީސުލްޖުމްހޫރިއްޔާ

-  ދިރާސާއަށް ބަލާއިރު، ރާއްޖޭގައި ކުށްކުރެވޭ ނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން- ރައީސުލްޖުމްހޫރިއްޔާ

- ރައްޔިތުންގެ އަބުރުރައްކާތެރިކޮށް، ރައްޔިތުން ޙިމާޔަތްކޮށް، ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތްކަންކަށަވަރުކޮށްދީ، ޤައުމުގައި އަމަންއަމާންކަން ޤާއިމުކުރުމަކީ، މި ސަރުކާރުގެއެންމެ މުހިއްމު އެއް ވަޢުދު- ރައީސުލްޖުމްހޫރިއްޔާ

- ކޮންމެ ކަމެއްގައިވެސް އަޅުގަނޑު އަބަދުވެސް އިސްކުރާނީ، މި ލޮބުވެތި ޤައުމުގެ މަޞްލަޙަތުކަން ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް އަޅުގަނޑު މިއަދުވެސް ޔަޤީންކޮށް އަރުވަން- ރައީސުލްޖުމްހޫރިއްޔާ

- ވޭތުވެދިޔަ އަހަރަކީ، ރާއްޖޭގައި މީގެކުރިން ދުވަހަކުވެސް ތަރައްޤީގެ މަސައްކަތްތައްހިނގާފައިނުވާ ހަލުވިމިނެއްގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ހިނގައިދިޔައަހަރެއް- ރައީސުލްޖުމްހޫރިއްޔާ

- ވޭތުވެދިޔަ އަހަރަކީ، ރައްޔިތުންނަށް ބޭނުންވެފައިވާ ވަރަށްގިނަ ކަންތައްތައްފުއްދައިދިނުމުގައި ސަރުކާރުން ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލު ކުރެވުނުއަހަރެއް- ރައީސުލްޖުމްހޫރިއްޔާ

10:06- ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަން ފަށްޓަވައިފި

- މި ޖަލްސާގައި ދައުލަތުގެ އެކި މުވައްސަސާތަކުގެ އިސް ވެރިންނާއި ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންވެސް ބައިވެރިވެ ވަޑައިގަންނަވާ.

10:05- ރައްޔިތުންގެ މަޖިލިސް 2017 ވަނަ އަހަރަށް ހުޅުވުމަށް ބާއްވަވާ ފުރަތަމަ ޖަލްސާ ފެށިއްޖެ.