 
										
			މާލެއާއި އަތޮޅުތަކުގައި ބޭއްވި މޯލްޑިވިއަން އައިޑަލް ސީޒަން 2ގެ އޮޑިޝަން ޝޯތައް ދައްކާ ނިމިއްޖެއެވެ. 
 
މޯލްޑިވިއަން އައިޑަލް ސީޒަން 2ގެ އޮޑިޝަން ޝޯތައް ދައްކާ ނިމިފައިވާއިރު، ދެން އޮންނާނީ އޮޑިޝަންތަކުން ގޯލްޑަން ޓިކެޓު ލިބުނު ބައިވެރިންނާއެކު ބާއްވާ ތިއޭޓަރ ރައުންޑުގެ ޝޯތަކެވެ. މި ޝޯތައް ދައްކާނީ އަންނަ ހަފްތާގެ ހުކުރުދުވަހާއި ހޮނިހިރު ދުވަހުއެވެ. 
 
މޯލްޑިވިއަން އައިޑަލް ސީޒަން 2ގެ އޮޑިޝަން ޝޯތަކުންވެސް ހެއްވާ މަޖާ، އަދި މުނިފޫހިފިލުވުމުގެ ހުރިހާ ރަހައެއްވެސް އެކުލެވިގެންވާ ތަފާތު ކަންތައްތަކެއް ފެނިގެންދިޔައެވެ. އައިޑަލްގެ ދެވަނަ ސީޒަންގެ އޮޑިޝަންތައް ކުރިއަށްގެންގޮސްފައި ވަނީ މާލެ ސިޓީއާއި އައްޑޫ ސިޓީ، ލ. ގަން، ބ. އޭދަފުށި، ހދ. ކުޅުދުއްފުށީގައެވެ.  
 
މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނެކޭ އެއްގޮތަށް ސީޒަން ދޭކަށްވެސް ޢާއްމުންގެ ބޮޑު ތަރުޙީބެއް ދަނީ ލިބެމުންނެވެ.