މުނިފޫހިފިލުވުން

ޗައިނާގެ ނޭޝަނަލް އޮކެސްޓްރާ ބޭންޑްގެ ޝޯ އެއް މާލޭގައި ބާއްވަނީ


ޗައިނާގެ އާ އަހަރު ފާހަގަކުރުމުގެ ގޮތުންނާ ރާއްޖެއާ ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ޗައިނާގެ ނޭޝަނަލް ސިންފަނީ އޮކެސްޓްރާ ގްރޫޕުން މާލޭގައި ޝޯ އެއް ދޭން ނިންމައިފިއެވެ. 

މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމުގައި މިކަން ހާމަކޮށްދެއްވީ ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމްއެވެ. މިނިސްޓަރ ވިދާޅުވީ މިޝޯ އަކީ ރާއްޖެއާ ޗައިނާއާއި ދެމެދު އޮންނަ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި މިއީ ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމްގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދާ ހަރަކާތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ

. ޗައިނާގެ ނޭޝަނަލް އޮކެސްޓްރާ ގްރޫޕުން ރާއްޖެއަށް ކުރާ މިދަތުރުގައި ޝޯ ދޭން ހަމަޖެހިފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައެވެ. ޔޫތު މިނިސްޓަރ އިރުތިޝާމް ވިދާޅުވީ މިއީ ރާއްޖޭގެ މިއުޒީޝަނުންނަށްވެސް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި މިކަހަލަ ޕްރޮގްރާމްތަކުގެ ބޭނުމަކީ ދެޤައުމުގެ ޒުވާނުންގެ ދެމެދުގައި އޮންނަ ގުޅުން ރަނގަޅުކޮށް މިފަދަ ފުރުސަތުތައް އިތުރުކުރެއްވުންކަމުގައެވެ.

" މިފަދަ ފުރުސަތުތަކުގައި ޗައިނާއިން ލިބޭ އެހީތެރިކަން އަޅުގަނޑުމެން ފާހަގަކުރަން. މިކަހަލަ އެކްސްޗޭންޖެ ޕްރޮގްރާމްތައް ކުރިއަށްގެންދާއިރު އަޅުގަނޑުމެންގެ ޒުވާނުންނަށްވެސް މިފަދަ ފުރުސަތުތައް ހޯދައިދޭނަން" މިނިސްޓަރ ވިދާޅުވިއެވެ.

މިބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަން ފޫކާން ވިދާޅުވީ ޗައިނާގެ ނޭޝަނަލް އޮކެސްޓްރާ ގްރޫޕަކީ ގިނަ ޤައުމުތަކެއްގައި ޝޯ ދީފައިވާ ގްރޫޕެއްކަމަށާއި ރާއްޖޭގެ ޒުވާނުން ގަޔާވާ އައިޓަމްތަކެއް މި ގްރޫޕުން ހުށައަޅާނެ ކަމަށެވެ. 

އާންމުކޮށް ހުރިހާ ފަރާތްތަކަކަށް ހުޅުވާލެވިފައިވާ މިޝޯއަށް ރާއްޖޭގެ މިއުޒީޝަނުންނާ ޒުވާންނުން އައުމަށް އެންސީއޭއިން ވަނީ އެދިފައެވެ.