މޫސުން ގޯސްވުމުގެ ސަބަބުން ރެއާލްމެޑްރިޑާ ސެލްޓަވީގޯ މިރޭ ކުޅެން ހަމަޖެހިފައިވާ މެޗް ފަސްކޮށްފިއެވެ. މުއްދަތެއް ނެތްގޮތަށް މިމެޗް ފަސްކުރިއިރު މެޗް ކުޅެން ހަމަޖެހިފައިވާ ސެލްޓަވީގޯ ސްޓޭޑިއަމްގެ ފުރާޅަށްވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ.
ބަލައިޑޯސް ސްޓޭޑިއަމްއަށ ލިބިފައިވާ ގެއްލުންތައް ރަނގަޅުކޮށް އަލުން މެޗް ކުޅެވޭ ހާލަތަށް ދަނޑު ގެނައުމަށް އަދި ދުވަސް ނަގާނެ ކަމަށް އެސިޓީގެ މޭޔަރ ވަނީ ބުނެފައެވެ. މިމެޗް ފަސްކުރުމުން ރެއާލްމެޑްރިޑަށް ވަނީ ދެމެޗް މަދުވެފައެވެ. މެޑްރިޑަށްވުރެ ދެމެޗް މަދުން ކުޅެފައިވާ ބާސެލޯނާ ލީގު ދެވަނައިގައި މެޑްރިޑާ ޕޮއިންޓަކާ ކައިރިއަށް ޖެހިލައިފައިވާއިރު މިއީ އެހެން ކްލަބްތަކަށް ލިބޭ ބޮޑު އެޑްވާންޓޭޖެއް ކަމަށް ރެއާލްމެޑްރިޑުން ބުނެއެވެ. އަނެއްކޮޅުން ރެއާލްއާ ވާދަކުރަން ހަމަޖެހިފައިވާ ސެލްޓަވީގޯއަށް ވަނީ މެޗް ލަސްކުރުމުން އެހެން އެޑްވާންޓޭޖެއްވެސް ލިބިފައެވެ. ކޮޕަޑެލްރޭ ސެމީފައިނަލްގައި ސެލްޓަވީގޯ އަލަވޭސްއާ ދެކޮޅަށް ދެން ކުޅެން ޖެހޭނީ އިތުރު މެޗެއް ނުކުޅެ އަރާމުކުރުމަށްފަހުއެވެ.
ރެއާމެޑްރިޑާ ސެލްޓަވީގޯ އެންމެ ފަހުން ވާދަކުރި މެޗް ނިމުނީ އެއްވަރުވެގެންނެވެ.