ޚަބަރު

ޚަބަރެއްނުވެގެން ހޯދަމުންދިޔަ ތިން މީހުން ހޯދައިފި


އެނބޫދޫ ފިނޮޅު ކައިރިއަށް ޑިންގީއެއްގައި މަސްހިފަން ގޮސް މޫދަށްފޭބިފަހުން، ޚަބަރެެއްނުވެގެން ހޯދަމުންދިޔަ 3 މީހުން ކޯސްޓްގާޑުން ހޯދައިފިއެވެ.

އެމްއެންޑީއެފުން މަޢުލުމާތު ދެއްވާގޮތުގައި މި ތިން މީހުން ހޯދާފައި ވަނީ ކޯސްޓްގާޑްގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ވެލާނާ އާއި ހަކުރާގެ ނައިޓް ވިޜަން ކެމެރާގެ އެހީގައެވެ. މި މީހުން ފެނިފައި ވަނީ ކ.ވާދޫގެ ދެކުނުން އެއް މޭލު ބޭރުން، ބަނޑުން ޖަހާލާފައި އޮތް ޑިންގީގެ މަތީގައި ތިއްބާކަމަށާ، އެމީހުންގެ ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން ބުނެއެވެ. ރޭ 01:45 އެހައިކަންޙާއިރު، ކޯސްޓްގާޑުންވަނީ އެމީހުން މާލެ ގެނެސްފައެވެ. 

މި 3 މީހުންނަކީ އެނބޫދޫ ފިނޮޅުކައިރިއަށް ޑިންގީއެއްގައި މަސްހިފަން ނުކުތް ފަސް މީހެއްގެ ތެރޭގައި 3 މީހުންވެ. މިހާދިސާ ހިނގިތާ ކުޑައިރުކޮޅެއް ފަހުން ޑިންގީގައި ތިބި މީހުންގެ ތެރެއިން ދިވެއްސަކާއި ބިދޭސީއަކު ކޯސްޓްގާޑުންވަނީ ސަލާމަތްކޮށްފައެވެ. އެދެމީހުން ސަލާމަތްކުރީ، އެނބޫދޫ ފިނޮޅުގައި ތިއްބައެވެ. 

މިމީހުންގެ ތަފްސީލް މަޢުލޫމާތެއް އެމްއެންޑީއެފުން ހާމައެއް ނުކުރައްވައެވެ.