މުނިފޫހިފިލުވުން

ފިލްމީ ދާއިރާގައި އަމްޖޭގެ ޙިއްޞާ ބޮޑު..


ދިވެހި ފިލްމީ ދާއިރާގައި 50 ފިލްމް އުފައްދާ މިހާތަނަށް ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކާއި އަދި ފިލްމް ބަލާ އެންމެންގެ ލޯބި ހޯދާފައިވާ ޑައިރެކްޓަރ އަމްޖަދު އިބްރާހީމަކީ ފިލްމީ ސިނާއަތް ދުށް ވަރަށް ކާމިޔާބު ޑައިރެކްޓަރެކެވެ. img:http://s1.psmnews.mv/images/660x400/14861912247776.jpg|އަމްޖޭ -

ކުޑައިރުއްސުރެ މި ދާއިރާއަށް ހުންނަ ލޯތްބެއްގެ ސަބަބުން މިއުޒިކީ ދާއިރާއިން ފިލްމީ ދާއިރާއަށް ނިކުތް އަމްޖަދު އިބްރާހީމްގެ އެންމެ ފުރަތަމަ ޓީވީ އުފެއްދުމަކީ ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބުނު ދިވެހި ލަވަ "މަސްލަހަތު ނެތް އަނބިންނޭ" މިލަވައެވެ. މިލަވަޔާއެކު އަމްޖަދު އިބްރާހީމްގެ ހުވަފެންތަކުގައި ހަޤީޤީ ކުލަޖެހެން ފެށުނެވެ. އެގޮތުން ޓީވީއެމްގެ ޓެލެޑްރާމާ މުބާރާތުގައި އަމްޖަދުގެ ޑްރާމާއެއް ފުރަތަމަ ފަހަރަށް ބައިވެރިކުރިއެވެ. 1985 ވަނަ އަހަރު ބޭއްވި މި މުބާރާތުގައި ބައިވެރިކޮށްފައިވަނީ އަމްޖަދު އިބްރާހީމްގެ އަމިއްލަ ވާހަކައަކަށް ލިޔެ ތައްޔާރުކޮށްފައިވާ ޑްރާމާ "މާބުރުގެ އުސޫލު"އެވެ. ހަރުފަތަކަށްފަހު ހަރުފަތެއް ހުރަސްކުރުމަށްފަހު އަމްޖަދު އިބްރާހީމްގެ ޑައިރެކްޝަންގެ ފުރަތަމަ ފީޗަރ ފިލްމް "ހުރަސް" އާންމުންނާއި ހަމަޔަށް އައެވެ. އަމްޖަދު އިބްރާހީމްގެ މި ފިލްމު ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވަނީ މަހުމާ ޙުސައިން ރަޝީދުގެ އެހީތެރިކަމާއެކުއެވެ. img:http://s4.psmnews.mv/images/660x400/14861916867516.jpg|އަމްޖޭ (ވ) -

އަމްޖަދު އިބްރާހީމަކީ އެއްގޮތަށްވުރެ ގިނަ ގޮތް ގޮތުން މި ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. ދިވެހި ފިލްމީ ދާއިރާއިން އެންމެ ފުރަތަމަ ކުޑަކުދިންނަށް ޚާއްސަކޮށް ފިލްމް އުފެއްދި ޑައިރެކްޓަރަކީވެސް އަމްޖަދު އިބްރާހީމްއެވެ. ކުޑަކުދިންގެ މެދުގައިވެސް މަޤްބޫލް މި ޑައިރެކްޓަރު ވަނީ އެތައް ދިވެހިންނެއްގެ ހިތް އަތުލައިގެންފައިއެވެ. ހުރަސްތަކަކާއެކު ހިނިތުންވަމުން މި ދާއިރާގައި މަސައްކަތްފެއްޓި އަމްޖަދު އިބްރާހީމް ވަނީ ފިލްމް ބަލާ ފަރާތްތަކަށް ގުރުބާންތަކެއްވެ އާހުން ފުރިގެންވާ ލޯބީގެ ގިނަ ފިލްމްތަކެއް ގެނެސްދީފައިއެވެ. ހަފަރާތް ބެލުމަށް ފަހު ސަނދުރަވީ ދެ ރެޔާއެކު ކަށްވަޅަށްދާންދެންވެސް އަތްބެއްގެ ލޯބި ފިރިއެއްގެ ވާޖިބު އަދާކުރާ ބީދައިން ފިލްމީ ދާއިރާގެ އުދަބާނިތަކާއެކުވެސް އަމްޖަދުވަނީ އޭނާގެ ހިތުގެ އެދުން ފުރިހަމަކޮށްފައިއެވެ. img:http://s4.psmnews.mv/images/660x400/14861916221328.jpg|ދިވެހި ފިލްމް ޤުރުބާނީގެ ޕޯސްޓަރެއް -

މި ޑައިރެކްޓަރުގެ މިންނެތް މަސައްކަތްތަކުން ފިލްމީ ދާއިރާއަށް ގިނަ އާމޫނުތަކެއް ނެރެދީފައިވާއިރު މިހާރުވެސް ނަންވިދާ މަޝްހޫރު އާންމުންގެ މަގްބޫލް ގިނަ ތަރިންނަކީ އަމްޖަދުގެ ދަރިވަރުންނެވެ. ދިވެހި ފިލްމީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްފައިވާ މި ޑައިރެކްޓަރަށް ވަނީ އެންމެ ފަހުން ބޭއްވި (7 ވަނަ) ޤައުމީ ފިލްމް އެވޯޑްގައި ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ލިބިފައެވެ. އަމްޖަދުގެ އަގުވަޒަންކޮށް މި އެވޯޑް ދެއްވިކަމަށްޓަކައި އަމްޖަދުވަނީ ސަރުކާރަށް ޝުރުއަދާކޮށްފައެވެ.

އަދި އޭނާ ފިލްމީ ސިނާއަތަށް ޑައިރެކްޓަރެއްގެ ގޮތުގައި ނެރުމަށް އާދަމް މަނިކު ފުރުސަތު ދެއްވީތީ އޭނާއަށާއި ފުރަތަމަ ފިލްމެއް އުފެއްދުމުގެ ފުރުސަތު ދިން މަހުމާ ޙުސައިން ރަޝީދަށް އަމްޖަދު ވަނީ ހިތުގެ އެންމެ އަޑިން ޝުކުރު އަދާކޮށްފައެވެ. އަމްޖަދުގެ މިހާރުގެ އަމާޒަކީ އޭނާގެ ހުރިހާ ފިލްމްތަކެއް ހިމެނޭހެން އާންމުނަށް ހިލޭ ވަދެވޭގޮތަށް ފެސްޓިވަލެއް ބޭއްވުމެވެ. img:http://s1.psmnews.mv/images/660x400/14861919000829.jpg|އަމްޖޭގެ މަސައްކަތް ފާހަގަކުރައްވާ ސަރުކާރުން ޢާންމު ޚިދުމަތަށް ހިއްވަރު ދިނުމުގެ އިނާމު ދެއްވުން -