ވިޔަފާރި

އިންޑިއާ ކަނޑުގެ އެންމެ ބޮޑު ރިސޯޓް ރާއްޖޭގައި ހުޅުވަނީ


އިންޑިއާ ކަނޑުގެ އެންމެ ބޮޑު ރިސޯޓް ރާއްޖޭގައި ހުޅުވަން، "ޑްރީމް ހޮޓެލް" ގުރޫޕުން ނިންމައިފިއެވެ. 

500 ވިލާގެ މި ރިސޯޓު ތަރައްޤީކުރާނީ މ. އަތޮޅުގައެވެ. "ޑްރީމް ގަސްވެލި" މޯލްޑިވްސްގެ ނަމުގައި ތަރައްޤީކުރާ މި ރިސޯޓު 2020ވަނަ އަހަރު ހުޅުވަން މަސައްކަތްކުރާ ކަމަށް އެފަރާތުން ބުނެއވެ. ތިން ރަށް ގުޅުވައިގެން ތަރައްޤީކުރާ މި ރިސޯޓްގައި 8 ރެސްޓޯރެންޓު ހުންނާނެކަމަށް ޑްރީމް ހޮޓެލް ގުރޫޕުން ބުނެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ހޮޓެލް ހިންގަމުން އަންނަ ޑްރީމް ހޮޓެލް ގުރޫޕުން ރާއްޖޭގައި ދެ ރިސޯޓެއް ހުޅުވުމަށް ވަނީ ނިންމާފައެވެ. މިގޮތުން މި ކުންފުނީގެ ދެވަނަ ރިސޯރޓް ހުޅުވުމަށް ހަމަޖެހިފައިވަނީ އއ.އަތޮޅުގައެވެ.  

"ޗަޓްވާލް މާގަ" މޯލްޑިވްސްގެ ނަމުގައި ތަރައްގީކުރާ މި ރިސޯޓަކީ 80 ވިލާގެ ރިސޯރޓެކެވެ.  މި ރިސޯޓު 2019ވަނަ އަހަރު ހުޅުވުމަށް ޑްރީމް ހޮޓެލް ގުރޫޕުން ގެންދަނީ މަސައްކަތްކުރަމުންނެވެ.