ޚަބަރު

ހިލަ ބަރުކޮށްގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި


ރ. އިނގުރައިދޫ ބަނދަރުގެ ބޭރުތޮށީގައި ހިލަޖަހުމުގެ މަސައްކަތަށް ބޭނުންވާ ހިލަ ބަރުކޮށްގެންދިޔަ ބާޖް ފަރަށް އަރައިފިއެވެ. 

މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައިކަމަށް އިނގުރައިދޫ ކައުންސިލުން މައުލޫމާތުދެއްވެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށާ، މި ހާދިސާ ހިނގީ އޮއިބާރުވުމާއި، ބާޖު ކަފުޖަހައިގެން އައި ޓަގްބޯޓް އެވަގުތު އެސަރަހައްދުގައި ނެތުމުގެ ސަބަބުންކަމަށް އިނގުރައިދޫން ކައުންސިލުން ވިދާޅުވެއެވެ. 

ބާޖުގައި ހުރި ހިލަ ނަގާ ބާޖް ފުންކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ. 

އިނގުރައިދޫގައި ބަނދަރުގެ ބޭރުތޮށީގައި ހިލަޖަހުގެ މަސައްކަތްކުރަނީ އެމްޓީސީސީއާއި ހަވާލު ކުރައްވައިގެންނެވެ.