ވިޔަފާރި

ދޮވެމި އެރައިވަލް ޝޮޕް މާރކެޓްކުރުމުގެ ޚާއްޞަ ޙަރަކާތެއް ފަށައިފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ "ދޮވެމި އެރައިވަލް ޝޮޕް" މާކެޓްކުރުމުގެ ޚާއްޞަ ޙަރަކާތެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލާއި އެލިއާ އިންވެސްޓްމަންޓް ގުޅިގެން ފަށައިފިއެވެ. 

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ ރާއްޖޭގެ ވިޔަފާރިތަކުން އެވިޔަފާރިތައް އެއަރޕޯޓްގައި އިޝްތިހާރުކުރުމުގެ ފުރުޞަތު ދެއްވުމުގެ ގޮތުން މި ފެށި ޙަރަކާތާއެކު ކުންފުނިތަކަށް މިހާރު މި ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން އެލިއާއާއެކު ފެށި ޙަރަކާތުގައި ދޮވެމި އެރައިވަލް ޝޮޕުން އެއްހާސް ރުފިޔާއަށްވުރެ މަތީ ވިޔަފާރިކުރާ ފަރާތްތަކުގައި މެދުގައި ޚާއްޞަ ލަކީޑްރޯއެއް ނަގާނެއެވެ. މި ލަކީޑްރޯގައި ޤުރުއަތުން ހޮވޭ ފަރާތަކަށް އެލިއާއިން ވަނީ ޔަމަހާ ބްރޭންޑް ސައިކަލެއް ހުށަހަޅާފައެވެ. 

img:http://s3.psmnews.mv/images/660x400/14859382871993.jpg|ގުރުއަތުން ހޮވޭ ފަރާތައް ދެ ސައިކަލް

މި ލަކީޑްރޯ ކޮންމެ ތިން މަހަކުން އެއްމަހު ނަގާގޮތަށް ވަނީ ހަމަޖެހިފައެވެ. ދޮވެމި އެރައިވަލްއަކީ ޢާންމުންނަށްވެސް އެތަނުން ވިޔަފާރިކުރެވޭގޮތަށް ހުޅުވާފައި ހުންނަ ފިހާރައެކެވެ. މި ޙަރަކާތާ ގުޅޭ ގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ އެމްއޭސީއެލްގެ ޚިދުމަތްތައް ފުޅާކޮށް ޢާއްމުން ބަލައިގަންނަ ފަދަ ޚިދުމަތެއް ދިނުމަށް އަބަދުވެސް އެކުންފުނިން އިސްކަންދެއްވާކަމަށެވެ.