ޓުއަރިޒަމް

ފިއްލަދޫގައި ގެސްޓްހައުސް ވިޔަފާރިކުރުމުގެ ފުރުޞަތު ހުޅުވާލަނީ


ހއ. ފިއްލަދޫގައި ގެސްޓް ހައުސް ވިޔަފާރިކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު އަންނަ ހަފްތާތެރޭގައި ހުޅުއްވާލައްވާނެ ކަމަށް ފިއްލަދޫ ކައުންސިލުން ހާމަކުރައްވައިފިއެވެ. 

ފިއްލަދޫ ކައުންސިލްގެ ނާއިބް ރައީސް މުޙައްމަދު މޫސާ ވިދާޅުވީ، ރަށުގައި ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރިކުރުމުގެ ހުއްދަ މި ހަފްތާތެރޭގައި ސަރުކާރުން ދެއްވާފައިވާ ކަމަށާއި، އަންނަ ހަފްތާތެރޭގައި މިކަމާބެހޭ ލިޔެކިޔުމުގެ މަސައްކަތްތައް ފަށްޓަވާނެ ކަމަށެވެ. މުޙައްމަދު މޫސާ ވިދާޅުވީ، ގެސްޓް ހައުސް ވިޔަފާރިއަށް 39 ހެކްޓަރުގެ ބިން ކަނޑައަޅުއްވާފައިވާކަމަށެވެ. 

img:http://s4.psmnews.mv/images/660x400/14859416478141.jpg|ހއ. ފިއްލަދޫ

570 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ފިއްލަދުއަކީ ބިން ތަނަވަސް ރަށެކެވެ. އެރަށުގައި ގާތްގަނޑަކަށް 260 ހެކްޓަރުގެ ބިން އޮވެއެވެ.