ޚަބަރު

ހުޅުދުއްފާރު ނަރުދަމާއާއި ބޯފެން ނިޒާމުގެ މަސައްކަތް ފަށްޓަވައިފި


ރ. ހުޅުދުއްފާރުގައި ސާފު ބޯފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރެއްވުމުގެ ޢަމަލީ މަސައްކަތް ސަރުކާރުން ފަށްޓަވައިފިއެވެ. 

ހުޅުދުއްފާރުގައި އިއްޔެ ހަވީރު ބޭއްވެވި ރަސްމިއްޔާތެއްގައި މިމަސައްކަތް ފަށްޓަވައިދެއްވީ، މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީ ތާރިޤް އިބްރާހީމްއެވެ. މި މަސައްކަތަށް ޖުމްލަ 57.2 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރައްވައެވެ. ހުޅުދުއްފާރުގެ ފެނުގެ ނިޒާމުގައި ޖުމްލަ 6.8 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް ޤާއިމްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު 60 ޓަނުގެ ދެ ޑީސެލިނޭޝަން ޕްލާންޓްވެސް ބަހައްޓަވަން ވަނީ ހަމަޖެހިފައެވެ.

img:http://s4.psmnews.mv/images/660x400/14859264936681.jpg|ހުޅުދުއްފާރު ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފެއްޓެވުމަށް ބޭއްވެވި ރަސްމިއްޔާތުގައި މިނިސްޓަރ ތޯރިޤް ވާހަކަފުޅުދައްކަވަނީ

މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ، މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީއެވެ. އެމް.ޑަބްލިޔު.އެސް.ސީން ބުނާގޮތުގައި ހުޅުދުއްފާރުގައި ބަހައްޓާ ދެ ޕްލާންޓުން އުފައްދާ ފެން ރައްކާކުރުމަށް 520 ޓަނުގެ ފެންތާންގީއެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި 8.2 ކިލޯ މީޓަރުގެ ނަރުދަމާގެ ވިއުގައެއްވެސް އެރަށުގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.