ތަރައްްޤީ

އޯގާތެރިވުމަށް މަގުފަހިވި ސިޔާސަތު !


މާޒީއަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ މުޖުތަމަޢުގައި ބަލައިންގަންނަ ބައެއް ނޫނެވެ. މާޒީގައި އަޅުގަނޑުމެންގެ މުޖުތަމަޢުން ފެނުނީ މިފަދަ މީހުންނަށް މަލާމާތްކޮށް، ފުރައްސާރަކުރަމުން ދިޔަ މަންޒަރެވެ. އެ މީހެއްގެ ނުކުޅެދުންތެރިކަމަށް ނިސްބަތްކޮށް ބައެއް މުޖުތަމަޢުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކި ނަންމުން މުޚާޠަބްކޮށް، މައްލަވަ ކުރުން މިއީ ،ކުރީގައި ވަރަށް ޢާއްމުންކޮށް ފެންނަމުން ދިޔަ މަންޒަރެކެވެ.

މީހުން ހިތްދަތިވާފަދަ އަދި ނާއުންމީދާއި މާޔޫސްވާ ފަދަ (އަނިޔާއާއި ފުރައްސާތަކަމަށް ބެލޭފަދަ)  ޢިބާރާތް ބޭނުންކޮށްގެން، ނުކުޅެދޭ މީހުންނަށް މަލާމާތުގެ ނަންނަމުން ގޮވަމުން ދިޔަކަން ފާހަގަކުރެއެވެ.

"މިއީ ވަރަށް ހިތްދަތިކަމެއް. އޭރު މިކަން މިހެން އޮތީ ޢާއްމުންގެ ތެރޭގައި ނުކުޅެދުންތެރިކަމާބެހޭ ހޭލުންތެރިކަން ނެތުމާއި، އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުވެފައިވާ ނެތުންކަމަށް ބުނެވިދާނެ.," ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުގައި މަސައްކަތް ކުރާ ޢުމުރުން ދުވަސްވީ މީހަކު ބުންޏެވެ.

"ދަރިފުޅު ގޮވައިގެން ސްކޫލަށް ދާއިރަށްވެސް އެންމެން ބަލާނެ. އަދި އެކި ނަންނަމުން ގޮވާނެ. އެކަމާހެދި ސްކޫލަށް ނުގެންގޮސް ހުއްޓާލީ. އެފަހުން އޭނާ ބޮޑުވީމާވެސް ،މަގުމަތިން ފެނުމުންވެސް ގޮވާ ހަދާނެ. އަޞްލު ވަރަށް ދެރަވޭ އެހެން ގޮވީމަ. ފަހުން އުޅެނީ ފޮރުވައިގެން ގެއިންވެސް ނުނެރެ.،" ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްގެ މަންމަ ކިޔައިދިނެވެ.

ނަމަވެސް މިހާރު މަންޒަރު މިއޮތީ މުޅިން ބަދަލުވެފައެވެ. އެކި ސަރުކާރުތަކުންނާއި، މަދަނީ ޖަމްޢިއްޔާ، ޖަމާޢަތްކުގެ މަސައްކަތުން، ޢާއްމުންގެ މެދުގައި މިވަނީ ހޭލުންތެރިކަން ގެނެވިފައެވެ. ކުރިން ދެންނެވި ފަދަ މަންޒަރުތައް މިހާރު ފެންނަމުން ދަނީ ވަރަށް މަދުންނެވެ. މިހާރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ޤަދަރުދެވޭ ބައެކެވެ. މުޖުތަމަޢުގެ އަޅާލުމާއި ލޯބި ލިބިގެންވާ ބައެކެވެ.

މަންޒަރު ބަދަލުވެގެންދިއައީ ސަބަބެއް ނެތިއެއް ނޫނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަދުގެ ސަރުކާރުން ބަހައްޓާ ގާތްކަން މިއީ ޢާއްމު ރައްޔިތުންނަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލާން މަޖްބޫރުކުރިވި ކަމެކެވެ. ކުރިން މުޖުތަމަޢުގައި ބާކީވެފައިވައި ތިބި މީހުން މިހާރު މިވަނީ ހުނަރުވެރި ،އެކި ކަންކަމުގައި މަޝްޢޫލުކުރުވާ ބަޔަކަށްވެފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އޯގާތެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ރައީސް ޔާމީންގެ ރިޔާސީ އެއް ވައުދުފުޅެކެވެ. ވެރިކަމަށް ވަޑައިގެން މި ސިޔާސަތު ތަންފީޒްކުރައްވަން ކުރެއްވި މިންނެތް މަސައްކަތްޕުޅުގެ ނަތީޖާ މިދަނީ ފެންނަމުންނެވެ. މައިގަނޑު ސިޔާސަތުތަކަށް ބަދަލު ގެންނެވިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިން ލިބެން ނެތް އެތައް ޚިދްމަތްތަކެއް ތަޢާރަފްކުރައްވައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދެއްވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށާއި، އެމީހުން ބާރުވެރިކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، އެފަދަ މީހުންނަށް ވަޒީފާ ހަމަޖައްސަވައިދެއްވުމެވެ. މިއީ މުޖުތަމަޢުގައި އެ މީހުންގެ ބައިވެރިވުން އިތުރުވެގެން ދިޔަ ކަމެކެވެ.

img:http://s2.psmnews.mv/images/660x400/14857746243183.jpg|ފެނަކައިން 100 މީހަކަށް ވަޒީފާދިންކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފައިލް ފޮޓޯ: ޕީއެސްއެމް

2014ވަނަ އަހަރު ޑިސްއެބިލިޓީ އެވޯޑް ދެއްވުމުގެ ޙަފްލާގައި ވާހަކަފުޅުދައްކަވަމުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ވަޒީފާ ހަމަޖައްސަވައިދެއްވާނޭކަން  ރައީސުލް ޖުމްހޫރިއްޔާ އިޢުލާން ކުރެއްވުމާއެކު، ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. މިއީ ވެދާނެކަމަކަށް ބައެއް މީހުން ޤަބޫލެއް ނުކުރެއެވެ. މިއީ ވަރަށް ގިނަ ބަޔަކު ސުވާލު އުފެއްދި ކަމެކެވެ.

މިކަން ވެގެން ދިއައީ، އެމީހެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަކަށް ބިނާކޮށް، ވަޒީފާދޭ ގިނަ ފަރާތްތަކުން، ގެންގުޅެމުންއައި ތަފާތުކުރުންތައް ނައްތާލުމަށް އެޅުއްވި ތާރީޚީ ވަރަށް ބޮޑު ފިޔަވަޅަކަށެވެ.

ސަރުކާރު ޙިއްޞާވާ 18 ކުންފުންޏަކުން، ވަޒީފާދިނުމުގެ ސިޔާސަތުތަކަށް ބަދަލު ގެނެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާދޭން ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު، ފެށިއެވެ. މިކަމުގައި ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން އުފެދި، ތިންސަތޭކައާ ގާތްކުރާ ޢަދަދަކަށް މިހާރު މިވަނީ ވަޒީފާގެ ފުރުޞަތު ފަހިކޮށްދެވިފައެވެ.

މިވަޒީފާގެ ފުރުޞަތުތައް ވެފައި މިވަނީ ،ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެފަދަ މީހުން ނިސްބަތްވާ ޢާއިލާތަކަށް ހިނިތުންވުމާއި ހިތްހަމަޖެހުން ގެނުވި ކަމަކަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވައި، މުޖުތަމަޢުގައި ޤަދަރުވެރި ބަޔަކަށް ހެއްދެވުމަށް ސަރުކާރުން ފެއްޓެވި މިމަސައްކަތް ކިތަންމެހާވެސް ކަމިޔާބެވެ. ކާމިޔާބޭ މިދަންނަވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ސަރުކާރުގެ ވަޒީފާ ލިބި، އެކަމުގެ މަންފާ ހޯދަމުންދާ ގިނަ ކުދިންނާ ވާހަކަ ދައްކާލުމުން، އެކަން އެގިގެންދިޔައިމައެވެ.

img:http://s2.psmnews.mv/images/660x400/14857747017192.jpg|ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން

"އަޅުގަނޑު ޖަމާލުއްދީން ސްކޫލްގައި ކިޔެވި ދުވަސްވަރު ހިތަށްއެރި ސްކޫލް ނިމިގެން ދެން ހުންނަން ޖެހޭނީ ގޭގައޭ. ތެދެއް ވަރަށް ގިނަ ދުވަހު ގޭގައި ހުންނަން ޖެހުނު. ނަމަވެސް މިއަދު އަޅުގަނޑު އުފާވޭ. އެމްޓީސީސީގެ ވަޒީފާގައި މިހާރު މިއުޅެނީ. އެތާނގެ ވެރިންވެސް ވަރަށް ރަނގަޅު. ވަޒީފާގައި މިއުޅެނީ ވަރަށް ހިތްހަމަޖެހިގެން" އެމްޓީސީސީގައި މަސައްކަތްކުރާ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ކިޔައިދިނެވެ.

"މިގޭގަ ޚާއްޞަ އެހީއަށް ބޭނުންވާ ތިން ކުދިން އެބަތިބި. އޭގެތެރެއިން ދެކުއްޖަކަށް ދެތަނަކުން ވަޒީފާ މިހާރު ލިބިއްޖެ. ކުރިން އަހަރެން އުޅުނީ ވަރަށް ޙާލުގައި މިކުދިން ގޮވައިގެން. އިރާދަކުރެއްވިއްޔާ އެކުދިން އަމިއަލަށް މިހާރު އުޅެވޭ ވަރުވޭ. އަދި ގޭގޭ ކަންކަންވެސް އެބަކޮށްލެވޭ. އަޞްލު ވަރަށް އުފާވޭ މިކަމާ." 

މާޔޫސްވެފައި ތިބި މިފަދަ ޢާއިލާތަކަށް މިފުރުޞަތުތަކުން މިވަނީ އުޖާލާކަން ގެނެސްދީފައެވެ.