ވިޔަފާރި

އިޖުތިމާޢީ ދާއިރާއަށް 300މިލިއަން އިންވެސްޓްކުރާނަން – ބީއެމްއެލް


ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޚިދުމަތްފުޅާކުރުމަށާއި އިޖުތިމާޢީ ދާއިރާއަށް އެހީތެރިވުމަށް ތިންސަތޭކަ މިލިއަން ރުފިޔާއިންވެސްޓްކުރާނެ ކަމުގެ ޔަގީންކަން ބޭންކް އޮފް މޯލްޑިވްސްއިން ދީފިއެވެ. 

އެހެންނަމަވެސް މިހިނގާ ދެހާސް ސަތާރަ ވަނައަހަރަކީ ގޮންޖެހުންތަކާ ކުރިމަތިވެދާނެ އަހަރެއްކަމަށް ބީއެމްއެލްގެ ސީއީއޯ އަދިމެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވަނީ ލަފާކުރައްވާފައެވެ. 

ދެހާސް ސޯޅަ ވަނަ އަހަރުގެ ފަހު ކުއާޓަރގައިޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 281.8 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެއެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއަޅާބަލާއިރު 53 އިންސައްތައިގެ ކުރިއެރުމެކެވެ. ބީއެމްއެލް އިން ބުނީ މައިގަނޑުހުރިހާ ދާއިރާއަކުންވެސް ރަނގަޅު ފައިދާތަކެއް ހޯދާފައިވާއިރު ލޯނު ދޫކުރެވުނުނިސްބަތްވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައިކަމަށެވެ. ބޭންކުގެރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ ވަރަށް ވުރެ ރަނގަޅުމިންވަރެއްގައި ހިފަހެއްޓިފައެވެ. އަދި  އޮޑިޓް ނުކުރާ މާލީ ބަޔާންތަކުން ދައްކާ ގޮތުގައި ޓެކްސްއަށްކެނޑުމަށްފަހު ފައިދާގެ ގޮތުގައި 1.03 ބިލިއަން ރުފިޔާ މިދިޔަ އަހަރު ބޭންކަށްވަނީލިބިފައެވެ.

މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު 56އިންސައްތައިގެ ކުރިއެރުމެކެވެ. މި ނަތީޖާ އާ އެކު މިދިޔަ އަހަރަކީ ބޭންކުގެތާރީޚުގައި މިހާތަނަށް އެންމެ ފައިދާވި އަހަރުކަން އެ ބޭންކުން ފާހަގަކުރެއެވެ.

ބޭންކަށް ލިބޭ ފައިދާ މުޖުތަމަޢުގެ އެކިކަންކަމުގައިއިންވެސްޓްކުރަމުންދާކަން ފާހަގަކުރައްވަމުން އެންޑްރޫ ހީލީ ވިދާޅުވީ ދެހާސް ސޯޅަވަނަ އަހަރު މާލީ ގޮތުން ލިބުނު ކުރިއެރުމާ ޚާއްސަކޮށް ލޯނު ދޫކުރުމުގެމަސައްކަތްތައް ހަރުދަނާ ކުރެއްވުމަކީ މުޖުތަމަޢުގެ އެކިކަންކަމުގައިއިންވެސްޓްކުރުމަށް ލިބުނު ރަގަޅު ފުރުސަތެއްކަމަށެވެ. 

މުޅިރާއްޖޭގެ ބޭންކިންގ ވިއުގަޔަކާއެކު ވިހި  އަތޮޅުގައި   31ބްރާންޗް،78 އޭޓީއެމް،4000ޕީއޯއެސްމަރޗަންޓުން، 190ކޭޝް އޭޖެންޓުން، 19ސެލްފްސަރވިސްބޭންކިންގސެންޓަރ އަދި5ދޯނިބޭންކިންގޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކުބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަންފޯރުކޮށްދިނުންކަމަށް އެބޭންކުން ބުނެއެވެ.