ޚަބަރު

"އަމާޒަކީ އާންމުންނަށް ފަސޭހަވާނެހެން ޚިދުމަތް ދެއްވުން"


ކަސްޓަމްސްގެ އަމާޒަކީ ޚިދުމަތްތައް ތަރައްޤީކޮށް އާންމުންނަށް ފަސޭހަވާނެހެން ޚިދުމަތް ދެއްވުންކަމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ. 

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހީމް ޝަރީފް މުޙައްމަދު މިހެން ވިދާޅުވީ ކަސްޓަމްސްގެ ވަޒީފާއާ އަލަށް ގުޅުނު މުވައްޒަފުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ޝަރީފް ވިދާޅުވީ ކަސްޓަމަރުންނަށް ދެމުން އަންނަ ޚިދުމަތް ދޭން ތިއްބަވާ މުއައްޒަފުންނަކީ ޤާބިލްބަޔަށް ވާންޖެހޭކަމަށެވެ. އެގޮތުން ކަސްޓަމްސްއަކީ އެކަމުގެ ނަމޫނާ ކުންފުންޏެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ކަސްޓަމްސްގެ ވަޒީފާއާ އަލަށް ގުޅުނު 22 މުވައްޒަފުންނަށް ހުވާ ލައިދެއްވީ ސިވިލްކޯޓްގެ އިސް ގާޒީ އަބްދުﷲ އަލީއެވެ. ހުވާ ލައިދެއްވުމަށް ފަހު ހުވާގެ މުހިއްމު ކަމާއި ހުވާގެ މަތީގައި ދެމިތިބުމުގެ މައްޗަށް އިސް ޣާޒީ އަބްދުﷲ އަލީ އޮފިސަރުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. 

އަލަށް ކަސްޓަމްސް ވަޒީފާއާ ގުޅުނު އޮފިސަރުން ވަނީ 2016 ސެޕްޓެމްބަރ އިން ޑިސެމްބަރު މަހުގެ ނިޔަލަށް ކަސްޓަމްސް އެކެޑަމީގެ ފަރާތުން ހިންގި ކަސްޓަމްސް ސްޓަޑީޒް ކޯސް ފުރިހަމަކޮށްފައެވެ.