ޚަބަރު

އަމިއްލަ ކުންފުންޏަކުން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ފަށައިފި


އަމިއްލަ ކުންފުންޏެއް ކަމަށްވާ "އިކުއިވެލަންޓް ލައިންސް ޕްރައިވެޓް ލިމިޑެޓު"ގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ފަށައިފިއެވެ. ތެލިސީމިއާ ސެންޓަރުގައި ކުރިއަށްދާ މި ކޭމްޕު މިއަދު ހަވީރު ފަހެއް ޖެހުމާއި ހަމައަށް ކުރިއަށްދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ރާއްޖެއަކީ، ގިނަ އަދަދަކަށް ތެލިސީމިއާ ކުދިން ތިބި ޤައުމަކަށްވުމުން މިފަދަ ކޭމްޕެއްގެ ސަބަބުން، އެކުދިންނަށް ލޭ ހޯދުމަށް އެހީތެރިވެދޭނެ ކަމަށް އިކުއިވެލަންޓް ލައިންސް ޕްރައިވެޓް ލިމިޑެޓުން ދެކެއެވެ. އަމާޒަކީ، މި ކޭމްޕް މެދުވެރިކޮށް ސަތޭކައަށްވުރެ ގިނަ މީހުން، ލޭ ހަދިޔާކުރުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.