ކުޅިވަރު

ކްލޮޕް ކިބައިން ގިނަ ކަންތައްތަކެއް ދަސްވާނެ - ޖެރާޑް


ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕަކީ އަލަށް ކޯޗިންގ ކެރިއަރު ފަށާއިރު، އެކުގައި މަސައްކަތްކުރަން އެންމެ އެކަށީގެންވާ ކޯޗްކަމަށް ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑް ބުނެފިއެވެ. 

ޖެރާޑްވަނީ ދާދިފަހުން ލިވަޕޫލްގެ ޔޫތް ކޯޗެއްގެ ގޮތުގައި އެ ކްލަބާއި އަލުން ގުޅިފައެވެ. 

ބީބީސީއަށް ދިން އިންޓަވިއުއެއްގައި ޖެރާޑް ބުނީ ކްލޮޕަކީ އާ ކަންތައްތައް ދަސްކުރަން ބޭނުންވާ ކޮންމެ މީހަކަށްވެސް އެންމެ އެކަށޭނަ އެދުރުކަމަށާއި، އެވަރުގެ ކޯޗެއް އަދި ލިވަޕޫލާއި ނުގުޅޭކަމަށެވެ. ލިވަޕޫލުން ފަހަކަށް އައިސް އެންމެ އެކަށީގެންވާ ނަތީޖާތައް ނުނެރެވުނަސް އަދި އެއްވެސް ވަރަކަށް ހާސްނުވާކަމަށް ޖެރާޑް ބުންޏެވެ. 

"ކްލޮޕްއަކީ އާ ކަންތައްތައް ދަސްކުރަން ބަލާއިރު، އެކަމަށް އެންމެ އެކަށޭނަ ކޯޗް، އޭނާއާއިކެ ގިނަ ކަންތައްތަކެއް ދަސްކުރަން ކެތްމަދުވެފައި މިހިރީ" ޖެރާޑް ބުންޏެވެ.

އޭނާބުނީ ބޮޑެތި ލީގުތަކުގައި ވާދަކުރާއިރު، މެޗުތަކުން ގާތްގާތުގައި މޮޅުނުވެވިދާނެކަމަށާއި، އެއީ މައްސަލައެއް ނޫންކަމަށެވެ. ޖެރާޑްވަނީ ލިވަޕޫލްގެ މިޑްފިލްޑަރ ފިލިޕް ކޮޓީނިއޯއަށްވެސް ތައުރީފްކޮށް ވާހަކަދައްކާފައެވެ. 

އޭނާ ބުނީ ކޮޓީނިއޯއަކީ ފާއިތުވި ދެ އަހަރަށް ބަލާއިރު ލިވަޕޫލްގައި އެންމެ މޮޅަށް ކުޅެމުން އަންނަ ކުޅުންތެރިޔާކަމަށާއި، އޭނާގެ ކްލަބްގައި މަޑުކުރަން ނިންމުމުން ވަރަށް ހިތްހަމަޖެހިއްޖެކަމަށެވެ. 

1998 ވަނަ އަހަރު ކްލަބް ކެރިއަރުފެށި ޖެރާޑް ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވަނީ މިދިޔަ އަހަރެވެ.