ޓުއަރިޒަމް

މަޤްބޫލް 10 ހޮޓެލްގެ ތެރޭގައި ޖޭ.އޭ މަނަފަރު


ޓްރިޕް އެޑްވައިޒަރގެ ޓްރެވަލަރސް ޗޮއިސް ލިސްޓުގެ ދުނިޔޭގެ އެންމެ މަޤްބޫލް 10 ހޮޓެލްގެ ތެރޭގައި ރާއްޖޭގެ ޖޭ.އޭ މަނަފަރު ރިސޯޓް ހިމެނިއްޖެ.

ޓްރިޕް އެޑްވައިޒަރ ވެބްސައިޓުން ޓްރެވަލަރސް ޗޮއިސް ލިސްޓް ތައްޔާރުކޮށްފައިވަނީ އެ ވެބްސައިޓް ބޭނުންކުރާ ފަރާތްތަކުގެ ޚިޔާލުތަކުގެ މައްޗަށް ބިނާކޮށެވެ. 

ހއ. އަތޮޅުގައި އޮންނަ ޖޭ.އޭ މަނަފަރު ރިސޯޓާއި ގުޅޭގޮތުން ފަތުރުވެރިންވަނީ ވަރަށް ބޮޑަށް ހިތްހަމަ ޖެހުން ފާޅުކޮށްފައެވެ. އެގޮތުން ޓްރިޕް އެޑްވައިޒަރގައި ވާގޮތުން އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައިވާ ގިނަ މީހުން އެ ރިސޯޓާ ގުޅޭގޮތުން ތާރީފްކޮށްފައިވެއެވެ. 

މި ލިސްޓްގައި ހިމެނޭ ހުރިހާ ހޮޓެލްތަކަކީވެސް ޓްރިޕްއެޑްވައިޒަރގައި އެއްމެ މަތީ ރޭޓިންގްސް ލިބިފައި ހުރި ހޮޓެލްތައް ކަން ޓްރިޕް އެޑްވައިޒަރ އިން ފާހަގަކުރެއެވެ. 

ޓްރިޕްއެޑްވައިޒަރ އަކީ ހޮޓާތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ މަޢުލޫމާތާއި ޚިދުމަތް ފޯރުކޮށްދޭ މަޤްބޫލް ވެބްސައިޓެކެވެ.