ކުޅިވަރު

10 ކިލޯމީޓަރ ދުވުމުގެ ޤައުމީ ރެކޯޑް ޒައިދު ޝަރީފް މުގުރާލައިފި


އަހަރު ތަކަކަށްފަހު 10 ކިލޯމީޓަރ ދުވުމުގެ ޤައުމީ ރެކޯޑް ޒައިދު ޝަރީފް މުގުރާލައިފިއެވެ.

 މީގެ 18 ކުރިން 1993 ވަނަ އަހަރު ކުރީގެ އެއްނަމްބަރ ދުވުންތެރިޔާ ނަސީރު އިސްމާއިލް ހަދާފައިވާ މިރެކޯޑް ޒައިދު ޝަރީފް މުގުރާލީ ދުބާއީ މެރަތަންގައި މިދިޔަ ހުކުރު ދުވަހުއެވެ. މާލޭ މެރަތަންގައި ނަސީރު އިސްމާއިލް 10 ކިލޯމީޓަރގެ ދުވުން ނިންމީ 35:05 މިނެޓުންނެވެ. ޒައިދު ދުބާއީ މެރަތަންގައި ރޭސް ނިންމީ 34:40 މިނެޓުންނެވެ. ދުބާއީ މެރަތަންގައި މިފަހަރު ގިނަ ދިވެހިންތަކެއް ވާދަކުރިއެވެ. 

ދިގު ދުވުމުގެ ޤައުމީ ރެކޯޑްތައް ގިނަ ދުވަސްތަކަކަށްފަހު މިހާރުގެ ދުވުންތެރިން އާ ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ގޭމްސްތަކުގައި ގިނަ ރެކޯޑްތަކެއް ހަދާފައިވާކަން ފާހަގަކޮށްލެވެއެވެ.