ޚަބަރު

މަނަދުއަށް ސީޕްލޭންގެ ޚިދުމަތް ފަށައިފި


ނ. މަނަދުއަށް ސީޕްލޭންގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

މި ޚިދުމަތް ފައްޓަވައިދެއްވީ މަނަދޫގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީއެވެ. ހަފްތާއަކު ކޮންމެ ދުވަހަކު ޓީއެމްއޭއިން ނ މަނަދޫއަށް ދަތުރުކުރަން ހަމަޖެހިފައިވެއެވެ. އެހެންނަމަވެސް މަނަދުއަށް ދާގޮތަށް ހަމަޖެހިފައިވަނީ އެ އަތޮޅު އިރުފުއްޓަށް ޖެއްސުމަށްފަހުގައެވެ. އަދި މީހުންގެ ޢަދަދަށް ބަލާ ދުވާލަކު 2 ދަތުރު ކުރުމަށް ހަމަޖެހިފައިވެއެވެ. މަނަދުއަށް ދަތުރުތައް ފަށާފައިވަނީ 18 މީހުންގެ ޖާގައިގެ ސީ ޕްލޭނެކެވެ.

ސީޕްލޭން ދަތުރެއްގެ އެއްކޮޅު ޓިކެޓް އަގު އުޅެނީ 2500 ރުފިޔާއަށެވެ. ސީޕްލޭންގެ ޚިދުމަތް މިއަދު ފެށީ ޖާގަފުލްކޮށްކަން ފާހަގަކޮށްލެވެއެވެ. މިއަދު ފެށި ސީޕްލޭންގެ ދަތުރުގެ ސަބަބުން އެ ސަރަޙައްދުގެ ރިސޯޓްތަކަށް ދަތުރުފަތުރު ކުރުމަށް ލުއިފަސޭހަތަކެއް ލިބޭނެކަމަށް ބެލެވެއެވެ.