ވިޔަފާރި

ސަަރވިސް ޗާޖުގެ ގޮތުގައި ވީ.އައި.އޭއަށް 537 މިލިއަން ރުފިޔާ


ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށް މިދިޔަ އަހަރު ސަރވިސް ޗާޖުގެ ގޮތުގައި 537 މިލިއަން ރުފިޔާ ލިބިއްޖެއެވެ. 

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއީ 2015 ވަނަ އަހަރު އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި މީރާއަށް ލިބުނު ޢަދަދާ އަޅާބަލާއިރު އަށެއް އިންސައްތަ އިތުރު އަދަދެކެވެ. 2015 އަހަރު އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބިފައިވަނީ 496 މިލިއަން ރުފިޔާއެވެ. 

އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި އެހެން ޤައުމުތަކުގެ ފަސިންޖަރުންގެ އަތުން ނަގަނީ 25 ޑޮލަރެވެ. ދިވެހިން އަތުން ނަގަނީ 12 ޑޮލަރެވެ. އަހަރުން އަހަރަށް އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބޭ އަދަދު އިތުރުކަން މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއަދަދު އިތުރުވަނީ ކޮންމެ އަހަރަކުވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ޢަދަދު އިތުރުވަމުން އަންނާތީއެވެ.