ތަރައްްޤީ

ބިލެއްދޫ ނެރު ފުޅާކުރުމުގެ ޢަމަލީ މަސައްކަތް އަންނަ މަހު ފަށަނީ


ފ.ބިލެއްދޫ ނެރު ފުޅާކުރުމުގެ ޢަމަލީ މަސައްކަތް އަންނަ މަހުގެ ކުރީކޮޅު ފަށްޓަވާނެކަމަށް އެރަށު ކައުންސިލުން ހާމަކުރަށްވައިފިއެވެ.

ފ.ބިލެއްދޫ ކައުންސިލްގެ ރައީސް ޢަލީ ސަލީމް ވިދާޅުވީ އެރަށުގެ ނެރުގެ މަސައްކަތް ފެށްޓެވުމަށް ކުރަންޖެހޭ އީއައިއޭގެ މަސައްކަތާއި ކުރެހުންތަކުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި އަންނަ މަހުގެ ފަނަރައިގެ ކުރިން ނެރުގެ ފުޅާކުރުމުގެ އަމަލީ މަސައްކަތް ފަށްޓަވާނެކަމަށާއި، މި މަސައްކަތުގެ ތެރޭގައި ނެރުގެ ފައިކަށި ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް ޢަލީ ސަލީމް ވިދާޅުވިއެވެ.

ފ ބިލެއްދޫގެ ބަނދަރު ހެދުމާއި ނެރުފައިކަށި ޖެހުމުގެ މަޝްރޫޢުގެ މަސައްކަތް ސަރުކާރުން އެމް.ޓީ.ސީ.ސީއާ ޙަވާލް ކުރެއްވީ މިދިޔަ އަހަރު ސެޕްޓެމްބަރ މަހުގެ 5 ވަނަ ދުވަހުއެވެ. ބިލެއްދޫގައި ހަދާ 700 ފޫޓްގެ ބަނދަރާއި 372 ފޫޓް ބޮޑުމިނުގެ ނެރުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލްކުރައްވާފައިވަނީ 160 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.