ޚަބަރު

އެމްއެންޔޫގެ މިސެމެސްޓަރގެ އޮރިއެންޓޭޝަން ޕްރޮގްރާމް ހިންގަވައިފި


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މިއަހަރު ފުރަތަމަ ސެމެސްޓަރގައި ކިޔަވާ ދަރިވަރުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް ހިންގަވައިފިއެވެ. img:http://s1.psmnews.mv/images/660x400/14850758672324.jpg|އެމްއެންޔޫގެ މިސެމެސްޓަރގެ އޮރިއެންޓޭޝަން ޕްރޮގްރާމްގެ ތެރެއިން - ފޮޓޯ: އެމްއެންޔޫ

ދަރިވަރުން ފެކަލްޓީއަށް އަހުލުވެރިކުރެއްވުމުގެ ގޮތުން ޤައުމީ ޔުނިވަރސިޓީގައި ބޭއްވެވި ރަސްމިއްޔާތުގައި ދަރިވަރުންގެ ކިޔެވުމާގުޅޭ މަޢުލޫމާތާއި ސަމާލުކަންދޭންވީ ކަންތައްތައް ދަރިވަރުންނާ ގުޅުންހުރި ހުރިހާ ޑިޕާޓްމަންޓަކުން ވަނީ ދަރިވަރުންނަށް ސާފުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒު ޝަރީފު ވިދާޅުވީ އެ ޔުނިވަރސިޓީން ކިޔަވައިގެން ނުކުންނަ ދަރިވަރުން ވާންޖެހޭނީ އިސްލާމީ ޤައުމެއްގެ ގޮތުގައި ރާއްޖެ އަބަދަށް ދަމަހައްޓާނެ، ތެދުވެރި ބަޔަކަށް ކަމަށެވެ. އަދި ޔުނިވަރސިޓީން ކިޔަވައިގެން ނުކުންނަ ދަރިވަރުންނަކީ ހުރިހާ ގޮތަކުންވެސް ރަނގަޅު ތަޢުލީމެއް ލިބިގެން ނުކުންނަ ދަރިވަރުންނަށް ވުމަށް އޭނާ ގޮވާލެއްވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ވިދާޅުވީ 9 ފެކަލްޓީއަކުން 103 ކޯހަކަށް 3،000 އަށްވުރެ ގިނަ ދަރިވަރުން މިއަހަރު އެ ޔުނިވަރސިޓީގައި ކިޔަވާނެ ކަމަށެވެ. 2011 ވަނަ އަހަރު އުފެއްދެވި ޤައުމީ ޔުނިވަރސިޓީން ސެޓްފިކެޓް ލެވެލްގެ އެކިއެކި ކޯސްތަކުން ފެށިގެން ޕީއެޗްޑީ ފެންވަރުގެ ކޯސްތަކާއި ހަމައަށް ގެންދަވަނީ ކޯސްތައް ހިންގަމުންނެވެ.