ޚަބަރު

ރައީސް ޔާމީން 2018 ކެމްޕޭނުގެ ޑޯ ޓު ޑޯ ޙަރަކާތްތައް ހުޅުމާލޭގައި


ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް 2 ވަނަ ދައުރަކަށް އިންތިޚާބު ކުރެއްވުމުގެ ގޮތުން އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އިސްނަންގަވައިގެން ފެއްޓެވި ކެމްޕެއިން ޙަރަކާތްތަކުގެ ތެރެއިން ޑޯ ޓު ޑޯ ކެމްޕެއިން ޙަރަކާތްތައް ހުޅުމާލޭގައި ފަށްޓަވައިފިއެވެ. މި ޙަރަކާތް ރަސްމީކޮށް ފަށްޓަވައިދެއްވީ މިއަދު މެންދުރު ހުޅުމާލޭގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމެވެ. img:http://s4.psmnews.mv/images/660x400/14850223822425.jpg|ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ހުޅުމާލޭގައި ރައީސް ޔާމީން 2018 ކެމްޕޭން ހަރަކާތްތައް ފަށްޓަވައިދެއްވުން - ފޮޓޯ: ޕީއެސްއެމް

ރަޢީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން އަބްދުލްޤައްޔޫމް 2 ވަނަ ދައުރަކަށް އިންތިޚާބު ކުރެއްވުމުގެ ގޮތުން އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އިސްނަންގަވައިގެން ވަނީ ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ފައްޓަވާފައެވެ. އަދި މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ރާއްޖޭގެ އަށް އަތޮޅެއްގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާފައެވެ.

މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެކި ޓީމުތަކަށް ބައްސަވާލައްވައިގެން ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައެވެ. އެގޮތުން ޓީމުގެ އެކި ބައިވެރިން ވަނީ ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނާ ބައްދަލުކުރައްވާ އެފަރާތްތަކުގެ ޝުޢޫރުތައް އޮޅުން ފިލުއްވާފައެވެ. އަދި އަދި އާންމު ރައްޔިތުންގެ މަޢުލޫމާތުތައް ނެންގެވުމަށްފަހު ދިރިއުޅުމަށް ކުރިމަތިވާ ދަތިތަކަކީ ކޮބައިތޯ ވެސް ކެމްޕެއިން ޓީމުގެ ބައިވެރިން ވަނީ އޮޅުން ފިލުއްވާފައެވެ.

ރައީސް ޔާމީން 2 ވަނަ ދައުރަކަށް އިންތިޚާބު ކުރެއްވުމުގެ ގޮތުން އެމަނިކުފާނުގެ އަނބިކަނބަލުން އިސްނަންގަވައިގެން ފެއްޓެވި ކެމްޕެއިން ޙަރަކާތްތަކުގެ ބައިވެރިން ޒިޔާރަތް ކުރި ބައެއް ގެތަކުގައި ދިރިއުޅޭ މީހުން ބުނީ ރައްޔިތުންގެ ޙާލު ގާތުން ބައްލަވާ ކަންކަން އޮޅުންފިލުއްވާތީ އެކަމާ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

ޕީޕީއެމުން  ބުނީ ޑޯ ޓު ޑޯ ކެމްޕެއިން ފެއްޓެވުމުގެ އެންމެ މުހިއްމު ބޭނުމަކީ ރައްޔިތުންގެ ޙާލަތު ގާތުން ބެލުން ކަމަށެވެ. އަދި ރައްޔިތުންގެ ޝުޢޫރުތައް އޮޅުން ފިލުވާ ރައްޔިތުންނަށް އެންމެ ދަތިވާ ކަންކަން އޮޅުން ފިލުވުމަކީވެސް މި ޙަރަކާތުގެ މައިގަނޑު އެއް މަޤްސަދު ކަމަށް އެޕާޓީން ބުނެއެވެ.

2018 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރެއްވުމުގެ ގޮތުން އެމަނިކުފާނުގެ އަނބިކަނބަލުން ފަށްޓަވާފައިވާ ކެމްޕެއިން ޙަރަކާތްތަކުގެ ތެރެއިން ޕީޕީއެމަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.