ވިޔަފާރި

އެއަރޕޯޓް ސާރވިސް ޗާޖުގެ ގޮތުގައި 537 މިލިއަން ރުފިޔާ ލިބިއްޖެ


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަހަރު ސާރވިސް ޗާޖުގެ ގޮތުގައި 537 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިއީ 2015 ވަނަ އަހަރު އެއަރޕޯޓް ސާރވިސް ޗާޖުގެ ގޮތުުގައި މީރާއިން ލިބުނު ޢަދަދާ އަޅާބަލާއިރު އަށެއް އިންސައްތައިގެ ކުރިއެރުމެކެވެ. 2015 ވަނަ އަހަރު އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބުނީ 496 މިލިއަން ރުފިޔާއެވެ. އެއަރޕޯޓް ސާރވިސް ޗާޖުގެ ގޮތުގައި ބޭރުގެ ފަސިންޖަރުންގެ އަތުން ނަގަނީ 25 ޑޮލަރެވެ. ދިވެހިން އަތުން ނަގަނީ 12 ޑޮަލަރެވެ. އަހަރުން އަހަރަށް އެއަރޕޯޓް ސާރވިސް ޗާޖުގެ ގޮތުގައި ލިބޭ އަދަދު އިތުރުކަން މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި ޢައަދު އިތުރުވަނީ ކޮންމެ އަހަރަކުވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ޢަދަދު އިތުރުވަމުން އަންނާތީއެވެ.