ޚަބަރު

ފޯކައިދޫގައި ކުޑަކުދިންގެ ޕާކެއް ހުޅުވައިފި


ށ.ފޯކައިދޫގައި " މަރިޔާދު މައިޒާން" ނަމުގައި ކުޑަކުދިންގެ ޕާކެއް ހުޅުވައިފިއެވެ. 

img:http://s1.psmnews.mv/images/660x400/14849874426396.jpg|ފޯކައިދޫ ކުޑަކުދިންގެ ޕާކް ހުޅުވުމުގެ ރަސްމިޔާތުގެތެރެއިން - ފޮޓޯ - ފޯކައިދޫ ކައުންސިލް

ފޯކައިދޫ  ކައުންސިލުގެ ރައީސް މުޙައްމަދު ރާޝިދު ވިދާޅުވީ، މި ޕާކަކީ ރާއްޖޭގައި ހުރި ޕާރކްތަކުގެ ތެރެއިން ރަނގަޅު ފެންވަރެއްގައި ތަރައްޤީކޮށްފައިވާ ޕާކަކަށްވާނެކަމަށެވެ. އަދި މި ޕާކް ތަރައްޤީކުރުމަށްޓަކައި ގާތްގަނޑަކަށް ހަތްސަތޭކަ ހާސް ރުފިޔާ ޙަރަދުވި ކަމަށް މުހައްމަދު ރާޝިދު ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/14849874780234.jpg|ފޯކައިދޫ ކުޑަކުދިންގެ ޕާކް ހުޅުވުމުގެ ރަސްމިޔާތުގެތެރެއިން - ފޮޓޯ - ފޯކައިދޫ ކައުންސިލް

img:http://s1.psmnews.mv/images/660x400/14849875907588.jpg|ފޯކައިދޫ ކުޑަކުދިންގެ ޕާކް - ފޮޓޯ - ފޯކައިދޫ ކައުންސިލް

200 ފޫޓް ދިގު 100 ފޫޓް ފުޅާ މި ޕާކް ތަރައްޤީކޮށްފައިވަނީ ފޯކައިދޫ ކައުންސިލުގެ ޚަރަދުގައި ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. މި ތަނަކީ ކުޑަކުދިން ކުޅޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުން ތަރައްޤީކޮށްފައިވާޕާކެކެވެ. މި ޕާރކް ގެ މަސައްކަތް ފަށާފައިވަނީ 2013 ވަނައަހަރުއެވެ.