ޚަބަރު

މަރުވެފައި އޮތް ދެމީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ


މަރުވެފައި އޮތް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނު ދެ މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ފެނުނީ މިއަދު ހެނދުނު 7:30 އެހައިކަންހާއިރު މާލެ އަތޮޅު ބަރޮސް ރިސޯޓު ކައިރިން ކަމަށެވެ.

އަދި އަނެއް މީހާގެ ހަށިގަނޑު ފެނުނީ އޭގެ ބައިގަޑިއެއްހައިއިރު ފަހުން މާލެ އަތޮޅު ތުޅާގިރި ރިސޯޓު ކައިރީގައި އޮންނަ ޕިކްނިކަށްދާ ފަސް ގަނޑެއް ކައިރިން ކަމަށް ފުލުހުން ވިދާޅުވެ.

މި ދެ މީހުންގެ ހަށިގަނޑު ނަގައިގެން މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

މަރުވެފައި އޮއްވާ ކަނޑުމަތިން ފެނުނު މި ދެ މީހުންނަކީ މާލެ އަތޮޅު މީރު ފެންފުށި ކައިރިއަށް މޫދަށް އެރި އުޅެނިކޮށް އިއްޔެރޭ ގެއްލިގެން ހޯދަމުންދިޔަ ދެ މީހުން ކަމަށް ފުލުހުން ވިދާޅުވެއެވެ.