ޚަބަރު

މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ފަތުރުވެރިން އަދިވެސް ނުފެނޭ


މާލެ އަތޮޅު މީރު ފެންފުށި ކައިރިއަށް މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއެއްގެ ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށްޓަވައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ޗުއްޓީ ހޭދަކުރުމަށް މީރުފެންފުއްޓަށް ގޮސް އުޅުނު އުމުރުން 30 އަހަރުގެ އަންހެނަކާއި 34 އަހަރުފެ ފިރިހެނެކެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ ދެ ފަތުރުވެރިން ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުނީ ރޭ 22:36 އެހާކަންހާ އިރުކަމަށެވެ. އަދި އެވަގުތުން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ ޑައިވަރުންނާއި 2 ލޯންޗް، އެ ދެފަތުރުވެރިން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާކަމަށެވެ.

މި ދެ ފަތުރުވެރިން ހޯދުމުގެ މަސައްކަތް ކ.ދިއްފުއްޓާއި މީރު ފެންފުށި ރިސޯޓުންވެސް ދަނީ ކުރަމުންނެވެ.