ޚަބަރު

ލޯކަލް ޓޫރިޒަމަށް ތިނަދޫން ބިންދޫކުރަނީ


ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫން އަލަށް ހިއްކި ސަރަހައްދުން ލޯކަލް ޓޫރިޒަމަށް ބިން ދޫކުރުމަށް އެރަށު ކައުންސިލުން ނިންމަވައިފިއެވެ.

ތިނަދޫގެ ބިން ހިއްކުމަށް ހިންގި މަޝްރޫޢު ނިމުމާއެކު، މިހާރު އެރަށުގެ ބިމުގެ ބޮޑުމިނަކީ 175 ހެކްޓަރެވެ. އެންމެ ފަހުން ތިނަދޫގެ ބިންހިއްކުމަށް ހިންގި މަޝްރޫޢުގައިވަނީ އެރަށުގެ ދެކުނު ފަރާތުން 4 ހެކްޓަރު، އަދި އުތުރު ފަރާތުން 51 ހެކްޓަރުގެ ބިން ހިއްކާފައެވެ.

ހުވަދު އަތޮޅު ހިމެނޭ ސަރަހައްދަކީ ޓޫރިޒަމްގެ ހިއްސާވެސް ބޮޑު ސަރަޙައްދަކަށްވުމާއެކު ތިނަދޫގެ އަލަށް ހިއްކި ސަރަހައްދުގެ ލޭންޑް ޔޫސް ޕްލޭން އެކުލައްވާލާއިރު ލޯކަލް ޓޫރިޒަމަށް އިސްކަންދެއްވައިގެން ޕްލޭންކުރައްވާނެމަށް ތިނަދޫ ކައުންސިލް މެންބަރު ސަޢުދު އަލީ ވިދާޅުވިއެވެ.

7000 އަށްވުރެ ގިނަ މީހުންގެ އަބާދީއެއް އޮންނަ ތިނަދޫގެ ތަރައްޤީއަށް ސަރުކާރުން ގެންދަވަނީ ގިނަ މަޝްރޫއުތަކެއް ހިންގަވަމުންނެވެ.