ވިޔަފާރި

ކުޑަހުވަދޫ އެއަރޕޯޓް އަންނަ މަހު ހުޅުވަން ތައްުޔާރުވަނީ


ދ. ކުޑަހުވަދޫގައި ހައްދަވާފައިވާ އެއަރޕޯޓް އަންނަ މަހު ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް އެ އެއަރޕޯޓުގެ މަސައްކަތް ކުރަމުންދާ ރިއޯލޯ ގްރޫޕުން ބުނެފިއެވެ.

ކުޑަހުވަދޫ އެއަރޕޯޓް ހެއްދެވުން ރިއޯލޯ ގްރޫޕާ ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ.

ކުޑަހުވަދޫ ފަޅުން 64 ހެކްޓަރުގެ ބިން ހިއްކައިގެން ހެއްދެވި މި  އެއަރޕޯޓްގެ މަސައްކަތަށް  20 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެއެވެ. މި އެއަރޕޯޓް ތަރައްޤީކުރައްވާފައިވަނީ 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު، ޕްރައިވެޓް ޖެޓް ޕާކިންގ އޭރިއާއެއް ހިމެނޭގޮތަށެވެ.

ކުޑަހުވަދޫ  އެއަރޕޯޓަކީ ރާއްޖޭގެ އެހެން ޑޮމެސްޓިކް އެއަރޕޯޓްތަކުގެ ޑިޒައިނާ ތަފާތު އަދި ޖާގައިގެ ގޮތުން ބޮޑު އެއަރޕޯޓެކެވެ. މި އެއަރޕޯޓް ހުޅުވުމަށް ތައްޔާރުވެފައިވާއިރު މިހާރުވަނީ އެއަރޕޯޓަށް ބޭނުންވާ މުއައްޒަފުންވެސް ހޯދާފައެވެ.

ކުޑަހުވަދޫ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ރަސްމީގޮތުން ފަށްޓަވާފައި ވަނީ 2014 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.