ކުޅިވަރު

ބާސެލޯނާއިން ބޭނުންވާ ނަމަ ކްލަބްގައި މަޑުކުރާނަން


ބާސެލޯނާއިން ބޭނުންވާނަމަ އެކްލަބްގައި މަޑުކުރަން  ހުރީ ތައްޔާރަށް ކަމަށް ލަޔަނަލް މެސީ ބުނެފިއެވެ.

 ބާސެލޯނާ ދޫކޮށް މެސީ ދާން އުޅޭކަމަށް އަޑުފެތުރިފައިވަނިކޮށް މެސީ ބުނީ ބާސެލޯނާ ދޫކޮށް ދިއުމަކީ އުނދަގޫ ކަމަކަށްވާނެ ކަމަށާއި، ބާސެލޯނާއިން އޭނާ ދޫކޮށްނުލާ ނަމަ ކްލަބްގައި މަޑުކުރާނެ ކަމަށެވެ. އިނގިރޭސި ކްލަބްތަކުން ޝަޢުޤުވެރިކަންފާޅު ކުރިނަމަވެސް މެސީ ވަނީ އެ ހުށަހެޅުންތަކަށް ފުރަގަސްދީފައެވެ. މެސީ ބުނީ ބާސެލޯނާގައި އޭނާ ބޭނުން ހުރިހާ އެއްޗެއް ލިބޭ ކަމަށާއި އޭނާގެ އާއިލާ ތިބީ ބާސެލޯނާގައި އުފަލުން ކަމަށެވެ. 

29 އަހަރުގެ މެސީ އައު ކޮންޓްރެކްޓްގައި ސޮއިކުރުމަށް އަދި ވަކި ޖަވާބެއް ނުދެއެވެ. ބާސެލޯނާއާއެކު މިހާރު މެސީ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރުއެވެ. 

ސްޕެއިންގެ ރިޕޯޓްތައް ބުނާ ގޮތުން ބާސެލޯނާގެ ކޮންޓްރެކްޓް އާކުރުމާ ގުޅޭ ގޮތުން މެސީ އަދި ވަކި ޖަވާބެއް އެކްލަބަކަށް ނުދެއެވެ.