ޚަބަރު

ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނުން އުކާލާ ކުނި ބައިބައި ކުރުން


މާލޭގެ ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނުން އުކާލާ ކުންޏަކީ ބައިބައި ކޮށްގެން އުކާލާ ކުންޏަށް ހެދުމުގެ މަސައްކަތް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ވެމްކޯއިން ކުރަމުންގެންދާ ކަމަށް ވެމްކޯއިން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތް ދެއްވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އިބުރާޙިމް ފުވާދު ވިދާޅުވީ، ހޮޓާ ރެސްޓޯރެންޓް ތަކުން އުފައްދާ ކުނިން ރީސައިކަލް ކުރެވޭ ވަސީލައްތައް ވަކި ކުރުމުގެ މަސައްކަތް މިހާރު ވެމްކޯއިން ކުރަށްވަމުންދާ ކަމަށެވެ. އަދި އެފަދަ ތަންތަނާއިއެކު ސޮއިކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެނިމި މިހަފްތާ ތެރޭ ސޮއިކުރާނެ ކަމަށް ފުވާދު ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14717737843164.jpg|ރ. އަލިފުށީގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތުގައި ވެމްކޯއިން ހަރަކާތްތެރިވަނީ - ފޮޓޯ: ވެމްކޯ

މި އެއްބަސްވުމުގައި ސޮއިކުރެވުމުން މާލޭގެ ހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނުން އުކާލާ ކުނި ހަރުދަނާ އުސޫލެއްގެ މަތިން ވަކި ކުރެވިގެން ރީސައިކައިކަލް ކުރެވިގެން ދާނެކަމަށް ފުވާދު ވިދާޅުވިއެވެ.