ޚަބަރު

ސޫރިޔާއަށް އެހީވުމުގެ ކެމްޕޭނާ "ކޭކް ޑޮނާސް" ޓީމުން ގުޅެނީ


ޙާލުގައި ޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް އެހީ ހޯދުމަށްޓަކައި ކަޕް ކޭކު ވިއްކުމުގެ ޚާއްޞަ ޙަރަކާތެއް ކުރިއަށް ގެންދިއުމަށް "ކޭކް ޑޮނާސް" ޓީމުން ނިންމައިފިއެވެ.

އަންނަ ހޮނިހިރު ދުވަހު އެ ގްރޫޕުން ކުރިއަށްގެންދާ މި ޙަރަކާތަކީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ދަށުން ސޫރިޔާއަށް ފޮނުވުމަށް ހަމަޖެހިފައިވާ ބައެއް ތަކެތި ގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހިންގޭ ޙަރަކާތެއް ކަމަށް އެ ޓީމުން މަޢުލޫމާތުދެއެވެ. fb:https://www.facebook.com/CakeDonorsMaldives/photos/a.1725099067760006.1073741829.1723626607907252/1837009819902263/?type=3&theater

ކަޕްކޭކު ވިއްކުމަށް ހަމަޖެހިފައިވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގެ އިތުރުން ބައެއް ފިހާރަތަކުގައެވެ. އަދި އޮފީސްތަކާއި ކުންފުނިތަކުގެ އޯޑަރަށް ކަޕްކޭކު އަޅައިދިނުމަށްވެސް އެ ޓިމުން ވަނީ ނިންމާފައެވެ. ޕީއެސްއެމަށް މަޢުލޫމާތު ދެމުން އެ ޓީމުގެ ފައުންޑަރ ޢާއިޝަތު ޝެރީން ބުނީ މި ޙަރަކާތުން ލިބޭ ފައިސާ ހޭދަކުރާނީ ސޫރިޔާއަށް ފޮނުވުމަށް ލިސްޓުކުރެވިފައިވާ އެހީތަކުގެ ތެރެއިން ކޮންމެވެސް އެއް ބާވަތެއް ގަތުމަށް ކަމަށެވެ.

"އެރޭގެ އިވެންޓު ނިންމާފަ ދެން ހަމަ ޕަބްލިކަށް، އާންމުންނަށް ފެންނަ ގޮތަށް އެ ލިބުނު ޢަދަދެއް ގުނާފަ އެއިން އެއްޗެހި ގަނެފަ އޭގެ ބިލުވެސް ހަމަ ޕަބްލިކަށް ފެންނަ ގޮތަށް ހާމަކޮށްފަ ދެން މި އިވެންޓުގެ މެއިން އޮގަނައިޒަރުންނާއި އެއްޗެހި ޙަވާލުކުރާނީ." ކޭކް ޑޮނާރސްގެ ފައުންޑަރ ޢާއިޝަތު ޝެރީން ބުންޏެވެ.

މި ޙަރަކާތް ކުރިއަށް ދާއިރު، އެހީގެ ގޮތުގައި އާންމުން ހަދިޔާކުރާ ތަކެތި ބަލައިގަތުންވެސް އެ ސަރަޙައްދުތަކުގައި ކުރިއަށްދާނެ ކަމަށް އެ ޓީމުން ބުނެއެވެ. އެހީގެ ގޮތުގައި ސޫރިޔާއަށް ފޮނުވަން ނިންމާފައިވަނީ އަންނައުނާއި، ގޮދަޑިއާއި ކުޑަކުދިންގެ ކާނާއެވެ.

"މިކަހަލަ ކަންކަމަކީ މާތްﷲގެ ރަސްކަންފުޅަށްޓަކައި އަޅުގަނޑުމެން ކުރާ ޞަދަޤާތެއް. އަޅުގަނޑުމެންގެ ހަމަގައިމުވެސް ނިޔަތަކީ މިއީ. އަލުގަނޑުމެން މި މަސައްކަތް ކުރިއަށް ގެންދަނީ އެއްވެސް ފަރާތެއްގެ ސްޕޮންސާރއެއް ވެސް ލިބިގެނެއް ނޫން. އެހެން ފަރާތެއްގެ އެހީތެރިކަން ވެސް ލިބިގެނެއްނޫން. ހަމަ ބޭކާރސް އިން އެމީހުންގެ އަމިއްލަ ޚަރަދުގަ ހުރިހާ ކަމެއް ކުރާނީ. އެމީހުން ނިކުމެ އެއްޗެހި ވިއްކާނީވެސް." ކޭކް ޑޮނާރސްގެ ފައުންޑަރ ޢާއިޝަތު ޝެރީން ބުންޏެވެ.

"ކޭކް ޑޮނާރސް" އަކީ އެކި ކަންކަމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ހޯދުމަށްޓަކައި، ކޭކު އެޅުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި މަދަދުވެރިންތަކެއް ގުޅިގެން އުފައްދާފައިވާ ޓީމެކެވެ.