ޚަބަރު

ޢިލްމުވެރިންގެ ޖަލްސާގައި ސޫދާނުގެ ވަފުދުން ބައިވެރިވެލައްވާނެ


އިސްލާމްދީނާއި، ޒަމާނީ ފިޤުހީ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ސޫދާނުގެ އިސްލާމީ ފިޤްހު ކައުންސިލުގެ ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ. img:http://s4.psmnews.mv/images/660x400/14846472356061.jpg|ސޫދާނުގެ ވަފްދު ރާއްޖެ އައުން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިއަދު ހެނދުނު ރާއްޖެ އައި މިވަފްދަށް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުން މަރުޙަބާ ވިދާޅުވީ، ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދާއި އިސްލާމިކް މިނިސްޓްރީގެ މުސްތަޝާރު ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމެވެ. މިއީ، ރާއްޖޭގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އަލަށް އުފެއްދެވުމާއި ގުޅިގެން އެކަމުގެ ތަޖުރިބާ ޙިއްސާކުރުމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ ދަޢުވަތަކަށް ވަޑައިގެންނެވި ވަފްދެކެވެ. img:http://s3.psmnews.mv/images/660x400/14846472626414.jpg|ސޫދާނުގެ ވަފްދު ރާއްޖެ އައުން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި ވަފްދުގައި ސޫދާނުގެ އިސްލާމިކް ފިޤްހު ކައުންސިލުގެ ޗެއަރމަން ޑރ.އެސަމް އަޙްމަދު އަލް ބާޞިރާއި، އެކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޑރ.އާދަމް އިބްރާހީމް އަލް ޝެއިން ޑަވެލްބިޓް ހިމެނިވަޑައިގަންނަވައެވެ. މި ހަފްތާގެ ބުރާސްފަތި ދުވަހު، ދިވެހިރާއްޖޭގެ ޢިލްމުވެރިންނަށް ބާއްވަވާ ޚާއްޞަ މަހާސިންތާއެއްގައި މި ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖްލިސް އުފެއްފެވީ 2016 ވަނަ އަހަރުއެވެ. އެ މަޖިލީހުގެ މަސައްކަތަކީ ދީނީ ގޮތުން އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ޙައްލުކޮށް ޒަމާނީ ފިޤުހީ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްދެއްވުމެވެ.