ވިޔަފާރި

ކުދި ދޯނި ފަހަރަށް ޚާއްޞަ އިންޖީނެއް ރާއްޖެއަށް ތަޢާރަފުކޮށްފި


އެމްޓީސީސީން ކުދި ދޯނިފަހަރަށް ޙާއްޞަ، ޔަންމާ ބްރޭންޑުގެ ތިރީސްފަސް ހޯސް ޕަވަރގެ އިންޖީނެއް ރާއްޖޭގެ ބާޒާރަށް ތަޢާރަފުކޮށްފިއެވެ. img:http://s1.psmnews.mv/images/660x400/14846433874978.jpg|އެމްޓީސީސީން ރާއްޖެއަށް ތަޢާރަފްކުރާ އިންޖީނާއި ބެހޭ މަޢުލޫމާތު ދެނީ - ފޮޓޯ: މުޙައްމަދު ވަހީދު / ޕީއެސްއެމް

މިހާރު މިއިންޖީނު ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށާއި، އިންޖީނު ކުރިއަށް އޮތް ދެމަސް ދުވަސްތެރޭ ޢާއްމުންނަށް ވިއްކަން ފަށާނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ. އެމްޓީސީސީގެ ޕްރޮޑަކްޓް އޮފިސަރ ސާމިޙު ޝެހްނާޒް ވިދާޅުވީ މިއިންޖީނުގެ އަގު އުޅޭނީ ގާތްގަނޑަކަށް ދެލައްކައެއްހާ ރުފިޔާއަށް ކަމަށާއި، އިންޖީނު ފުރަތަމަ ގަންނަ ފަރާތްތަކަށް ޙާއްޞަ އަގެއްގައި އިންޖީނު ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމްޓީސީސީން މިހާރުވެސް ދަނީ ޔަންމާ ބުރޭންޑުގެ ތަފާތު ތޭރަ މޮޑެލެއްގެ އިންޖީނު ރާއްޖޭގެ ބާޒާރަށް ނެރެ ވިއްކަމުންނެވެ. އަދި ކަށަވަރު ޝޯ ރޫމުން ލިބެން ނެތް ޔަންމާގެ އެކި މޮޑެލްގެ އިންޖީނު ޕްރީ އޯޑަރަށްވެސް އެމްޓީސީސީ މެދުވެރިކޮށް ގަނެވޭނެ އިންތިޒާމް އެކުންފުނިން ވަނީ ހަމަޖައްސާފައެވެ.