ޚަބަރު

ސޫދާނުގެ އިސްލާމީ ފިޤުހް ކައުންސިލްގެ ވަފުދެއް ރާއްޖެ އަތުވެއްޖެ


ސޫދާނުގެ އިސްލާމީ ފިޤުހް ކައުންސިލްގެ ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ. 

މިއަދު ހެނދުނު ރާއްޖެއައި މި ވަފްދަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދެވެ. 

މި ވަފްދުގައި ސޫދާނުގެ އިސްލާމިކު ފިޤްހް ކައުންސިލްގެ ޗެއަރމަން ޑރ.އެސަމް އަޙްމަދު އަލް ބާޞިރާއި، އެކައުންސިލްގެ ސެކެޓްރީ ޖެނެރަލް ޑރ.އާދަމް އިބްރާހިމް އަލް ޝެއިން ޑަވެލްބިޓް ހިމެނިވަޑައިގަންނަވައެވެ.

ރާއްޖޭގެ އިސްލާމީ ވަޙުދަތު ދމަހައްޓައި ދިވެހިންގެ އަޤިދާ ހަރުދަނާކުރެއްވުމުގެގޮތުން ބޭރުގެ އިސްލާމީ ޢިލްމުވެރިންނާއެކު، ފަހަކަށްއައިސް އިސްލާމިކް މިނިސްޓްރީން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.