ވިޔަފާރި

ފުޑް ފްރެންޗައިޒްތަކުގެ އައުޓްލެޓްތައް ހިންގާނެ ފަރާތެއް ހޯދަނީ


ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ބައިނަލްއަޤްވަމީ 6 ކޮންސެޕްޓަކަށް ފުޑް ފްރެންޗައިޒްތަކުގެ އައުޓްލެޓްތައް ހިންގުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލައިފިއެވެ.

މި އައުޓްލެޓްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުގެ ކުރީމަތީގައެވެ.

އެމްއޭސީއެލުން ވަނީ، އެއަރޕޯޓުގައި ހިންގަން ބޭނުންވާ ކޮންސެޕްޓްތައް ވެސް ޢާއްމުކުރައްވާފައެވެ.

މިގޮތުން އާންމުކޮށްފައިވާ ކޮންސެޕްޓްތަކަކީ:-

- ކޮފީ ކޮންސެޕްޓަށް ހިންގަން ޖެހެނީ، ސްޓާބަކްސް

- ޑޯނަޓް ނުވަތަ ޕޭސްޓްރީ ކޮންސެޕްޓަށް ހިންގަން ޖެހެނީ، ޑަންކިން ޑޯނަޓްސް ނުވަތަ ކްރިސްޕީ ކްރީމް

- ކެޝުއަލް ޑައިނިންގް ކޮންސެޕްޓަށް ހިންގަން ޖެހެނީ، ނެންޑޯސް ނުވަތަ ހާޑް ރޮކް ކެފޭ

- ފާސްޓް ފުޑް ކޮންސެޕްޓަށް ހިންގަން ޖެހެނީ، ކޭއެފްސީ ނުވަތަ މެކްޑޮނަލްޑްސް

- ޕިއްޒާ ކޮންސެޕްޓަށް ހިންގަން ޖެހެނީ، ޕިއްޒާ ހަޓް ނުވަތަ ޑޮމިނޯސް

- އައިސް ކްރީމް ކޮންސެޕްޓަށް ހިންގަން ޖެހެނީ، ހާގެން ޑާޒް ނުވަތަ ބާސްކިން ރޮބިންސް

މި ބްރޭންޑުތައް ނޫން އެހެން ބްރޭންޑަކަށް މިކަމަށް ކުރިމަތި ނުލެވޭނެކަމަށްވެސް އެމްއޭސީއެލުން ވަނީ ބުނެފައެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި ޖެނުއަރީ މަހުގެ 31 ގެ ކުރިން ލިޔުމަކުން ނުވަތަ އީމެއިލް މެދުވެރިކޮށް ރެޖިސްޓަރ ކުރުމަށް އެމްއޭސީއެލުން ވަނީ ހުޅުވާލާފައެވެ.