ކުޅިވަރު

ކީޕަރ ޒިޔަޒަން އެނބުރި ނިއުރޭޑިއެންޓަށް


ކީޕަރ ޒިޔަޒަން އެނބުރި ނިއުރޭޑިއެންޓާ ގުޅިއްޖެއެވެ. ކުރިން ނިއުރޭޑިއެންޓްއަދި ވިޔަންސާގައިވެސް މޮޅު ކުޅުމެއްދެއްކި ކީޕަރ އަބްދުﷲ ޒިޔަޒަންނިއުރޭޑިއެންޓަށް އަލުން ސޮއިކޮށްފައިވާއިރު މިދޔަ ސީޒަންގައި އޭނާ ފެނިގެންދިޔައީމިނިވަން ޗެމްޕިއަންޝިޕުންނެވެ.

 މިނިވަން ޗެމްޕިއަންޝިޕް އޭދަފުއްޓަށް ކާމިޔާބުކޮށްދިނުމުގައި ޒިޔަޒަންގެ ދަޢުރު ބޮޑުކަން ފާހަގަކޮށްލެވެއެވެ. މިއަހަރު ފުޓްބޯޅަސީޒަނަށް ނިއުރޭޑިއެންޓް ވަރުގަދަ ކުރަމުންދާއިރު ރާއްޖޭގެ އެންމެ މޮޅު ގޯލް ކީޕަރ އިމްރާން މުހައްމަދުވެސް ވަނީ ނިއުރޭޑިއެންޓާ ގުޅިފައެވެ. މީގެ އިތުރުރުން ބިދޭސީ ހަތަރު ކުޅުންތެރިންނާ ޕޯޗްގަލްގެ ކޯޗެއް އަދި ޓްރެއިނަރެއްވެސް އެކްލަބުން ވަނީގެނެސްފައެވެ. މިއަހަރުގެ ސީޒަނަށް އެންމެ ބާރު ސްޕީޑެއްގައި ތައްޔާރުވަމުންދާނިއުރޭޑިއެންޓް ފަރިތަކުރުންތަށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ނިމިގެންދިޔަ ސީޒަންގައި އާދައިގެ ގޮތަކަށް ފެނުނު ނިއުރޭޑިއެންޓް މިއަހަރުނިކުންނަނީ ސީޒަންގެ ހުރިހާ ތައްޓެއް ކާމިޔާބުކުރުމަށެވެ.