ޚަބަރު

ޓީޓީއެމްގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް


ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަރނޭޝަނަލް ޓްރެވަލް ޓްރޭޑް ޝޯގެ މީޑިއާ ޕާޓްނަރަކަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ހަމަޖައްސައިފިއެވެ. މޯލްޑިވްސް ގެޓްއަވޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މި ޓްރޭޑް ޝޯގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިއަދު ހަވީރު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އޮތް ޚާއްޞަ ޙަފްލާއެއްގައެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަރނޭޝަނަލް ޓްރެވަލް ޓްރޭޑް ޝޯގެ މީޑިއާ ޕާޓްނަރަކަށް ޕަބްލިކް ސަރވިސް މީޑިއާ ހަމަޖައްސާ އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ޕީއެސްއެމްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދެވެ. މޯލްޑިވްސް ގެޓްއަވޭސް ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޑރ. ޙުސައިން ސަނީ އުމަރެވެ. img:http://s1.psmnews.mv/images/660x400/14841527578294.jpg|ޓީޓީއެމް 2017ގެ މީޑިއާ ޕާޓްނަރުން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް / ޢަލީ ނަޞީރު

މިޓްރޭޑް ޝޯގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވި ޙަފްލާގައިވަނީ ޓްރެވަލް ޓްރޭޑް ޝޯއަށް ޚާއްސަކޮށްގެން ޓީޓީއެމް ކަނެކްޓްގެ ނަމުގައި ވެބްސައިޓެއް ލޯންޗްކޮށްފައެވެ. މި ވެބްސައިޓް ރަސްމީކޮށް ލޯންޗްކޮށްދެއްވީ މި ޝޯގެ އެސޯސިއޭޓް ޕާޓްނަރ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް، މަޓާޓޯގެ ރައީސް ޢަބްދުﷲ ޣިޔާސެވެ.

މި ޙަފްލާގައި ވާހަކަދައްކަވަމުން މޯލްޑިވްސް ގެޓްއަވޭސް ސީއޯއޯ ޑރ. ޙުސައިން ސަނީ ޢުމަރު ވިދާޅުވީ ކޮންމެ ރިސޯޓަކަށް މި ވެބްސައިޓުގައި އެ ރިސޯޓުގެ ޕްރޮފައިލް އަޕް ކުރެވޭނެ ކަމަށެވެ.

"ޓްރެވަލް ޓްރޭޑަށް އަންނަ ހުރިހާ ޓްރެވަލް އެޖެންސީތަކާއި ބައިވެރިވާ ޕްރޮޕަޓީތައް އެއް ޕްލެޓް ފޯމެއްގެ ތެރެއިން ހުންނާނީ ހުރިހާ ބޭފުޅުންނަކީ ކާކުކަން ކޮންބައެއްކަން އެނގެން ޓްރެވަލް ޓްރޭޑަށް އައުމުގެ ކުރީގަ. އޭރުން ވަރަށް ފަސޭހައިން މިކަން ފުރިހަމަ ވެގެންދާނެ،" ޑރ. ޙުސައިން ސަނީ އުމަރު ވިދާޅުވިއެވެ.

މި ޙަފްލާގައި މަޓާޓީގެ ރައީސް ޣިޔާސް ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރާނެ އައު ގޮތްތަކެއް ހޯދަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި މިފަދަ ޝޯއެއް ބޭއްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ޣިޔާސް ފާހަގަކުރެއްވިއެވެ. img:http://s2.psmnews.mv/images/660x400/14841527070937.jpg|ޓީޓީއެމް 2017ގެ މީޑިއާ ޕާޓްނަރުން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް / ޢަލީ ނަޞީރު

"ދިސް އިޒް އޯޕެނިން އަ ނިއު ޑޯރއޭ ދިވެހިރާއްޖެއަށް. ކުރިން ރާއްޖެއަކީ އެއްވެސް ގޮތަކަށް މައިސް މާކެޓެއް ގޮތަށް ފެންނަ ޑެސްޓިނޭޝަނެއް ނޫން،" ޣިޔާސް ވިދާޅުވިއެވެ. އަންނަ ޖުލައި މަހު ދަރުބާރުގޭގައި 2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޝޯގެ މީޑިއާ ޕާޓްރަނަރަކަށް ޕީއެސްއެމްގެ އިތުރުން އަވަސް އޮންލައިންވެސް ވަނީ ހަމަޖައްސާފައެވެ.