ޚަބަރު

"މާރކޯ ޕޯލޯ 2" ބޯޓުގައި ދަތުރުކުރި މީހުން ސަލާމަތްކޮށްފި


ރޯވެގެން އޮޔާދަނިކޮށް ފެނުނު ރާއްޖޭގެ މަސްބޯޓް "މާރކޯ ޕޯލޯ2" ގައި ދަތުރުކުރި ހުރިހާ އެންމެން ކަނޑުވެފައިތިއްބާ ސަލާމަތްކޮށްފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ރޭ ރޯވި މި ބޯޓުގައި ތިބި މީހުން ފެނުނީ މިއަދު ހަވީރު 4:30 އެހާކަންހާއިރު އެ ސަރަޙައްދުގައި އޮތް "ސްޕެއާ 10" ނަމަކަށް ކިޔާ ރާއްޖޭގެ ބޯޓަކަށެވެ. އަލިފާންރޯވި ބޯޓުގައި ތިބީ ދިވެއްސަކާއި އިންޑޮނީޝިއާގެ ނުވަ މީހެއްކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

އެމްއެންޑީއެފުން ވިދާޅުވީ "މާރކޯ ޕޯލް2" ގައި ދަތުރުކުރި10 މީހުންގެ ޙާލުވެސް ރަނގަޅު ކަމަށެވެ. ލޭނުމަސްވެރިކަންކުރާ މި ބޯޓު ފެނިފައިވަނީ ގދ.ތިނަދޫގެ ހުޅަނގުން 323 ނޯޓިކަލް މޭލު ބޭރުންނެވެ.