ތަރައްްޤީ

"މާލޭގެ މަގުތައް ތާރުއެޅި މަގުތަކަށް ބަދަލުކުރެވޭކަށް ނެތް"


މާލެ ސިޓީއަކީ ރާއްޖެގެ ވެރިކަންކުރާ ރަށަށްވުމުން ރާއްޖެއަށް އަންނަމުންދާ ތަރައްޤީ ދައްކުވައިދޭ އެއްތަނަކީ މާލެއެވެ. މާލެސިޓީގެ ތަރައްޤީއަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ސަރުކާރުން ގެންދަވަނީ ބޮޑެތި މަޝްރޫޢުތަކެއް ހިންގަވަމުންނެވެ.

މީގެތެރެއިން މާލޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ފަށްޓަވާފައިވާ ބޮޑު މަޝްރޫޢު ފާހަގަކޮށްލެވެއެވެ. މި މަޝްރޫޢުގެ ދަށުން މާލޭގެ 13 މަގެއް ތަރައްޤީ ކުރެއްވުމަށް ނިންމަވާ، މާލޭގެ އެންމެ ކާރޫ ބާރު ބޮޑު މަޖީދީމަގު ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ބާރު ސްޕީޑުގައި މިހާރުވެސް ދަނީ ކުރައްވަމުންނެވެ.

ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލޭގެ މަގުތައް ތަރައްޤީ ކުރައްވަން ފަށްޓަވާފައިވަނީ ދިރާސާތަކެއް ހެއްދެވުމަށްފަހުގައިކަމަށެވެ. މާލޭގެ މަގުތަކުގެ މިހާރުގެ ޙާލަތަށް ބަލާއިރު އެކި ބޭނުންތަކަށް ވަޅުލާފަ ހުރި ހޮޅިތަކާއި، ކަރަންޓް ނަރުފަދަ މުހިއްމު ތަކެތި ބިމުގެ އަޑީގައި ވަޅުލާފައި ހުރުމުން މާލޭގެ މަގުތައް ތާރު އަޅައިގެން ތަރައްޤީކުރެވެން ނެތްކަމަށް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ.

" އަބަދު މަގުތައް ރޫޅާ މަސައްކަތް ކުރަން ޖެހޭ މަގުތަކުގަ. މިގޮތަށް ހުންނަ ތަނެއްގައި ގާ އަތުރައިގެން ފެންހިދުމާއި މި ހުރިހާ ކަމަކަށް ހައްލު ނުލިބޭނެ، ގާ އަތުރައިގެން ކަމަށް ރަނގަޅުވާނީ އަޅުގަނޑުމެންނަށް ލިބުނު ލަފަޔަކީ މީ" މިނިސްޓަރ ވިދާޅުވިއެވެ. 

މާލޭގެ މަގުތައް އެންމެ ފުރަތަމަ ތަރައްޤީ ކުރައްވަން ފަށްޓަވާފައިވަނީ މީގެ ގާތްގަނޑަކަށް 30 އަހަރު ކުރިންނެވެ. އޭރު މާލޭގެ މަގުތައް ތަރައްޤީ ކުރުމުގައި ގެންގުޅުނު އުސޫލުގެ ސަބަބުން، މަގުތައް އަލުން މަރާމާތު ކުރުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.