ޚަބަރު

ރާއްޖެ އިސްލާމްވިދުވަހުގެ ޖަލްސާ މާދަމާރޭ ބާއްވަވަނީ


ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެއްވުމަށް ބާއްވަވާ ޚާއްސަ ޖަލްސާ މާދަމާރޭ ޖުމްހޫރީ މައިދާނުގައި ބާއްވަވަން ނިންމަވައިފިއެވެ.

މިދިޔަމަހުގެ ތިރީސްވަނަދުވަހުގެ ރޭ ބޭއްވެވުމަށް ހަމަޖެއްސެވި ޖަލްސާ މޫސުން ތަން ނުދިނުމުގެ ސަބަބުން ފަސްކުރެއްވުމަށްފަހު މާދަމާ ރޭ ބާއްވަވާއިރު ބައެއް ބަދަލުތައް ވަނީ ގެންނަވާފައެވެ. މިގޮތުން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އެއްފަހަރާ ބާއްވަވަން ހަމަޖެއްސެވި މިޖަލްސާ ދެން އޮންނާނީ ހަމައެކަނި މާލޭގައިކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނަސަބަތުގައި އިސްލާމިކް މިނިސްޓްރީންވަނީ ގިނަ ޙަރަކާތެއް ރާއްވަވާފައެވެ. އޭގެތެރޭގައި ދިދަނެގުމުގެ ރަސްމިއްޔާތަކާއި، މިސްކިތްތައް ސާފުކުރެއްވުމުގެ ޙަރަކާތަކާއި، ކުޑަކުދިންގެ ހަވީރެއް ހިމެނެއެވެ. މިހުރިހާ ޙަރަކާތްތަކެއްވެސް ވަނީ ފަސްކުރައްވާފައެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީރުލްއާޚިރުމަހުގެ ދެވަނަދުވަހެވެ.