ވިޔަފާރި

ފިއުލް ސަރޗާޖް ބޮޑުކުރަނީ ޑީސަލް އަގުބޮޑުވުމުން - ސްޓެލްކޯ


ފިއުލް ސަރޗާޖް ބޮޑު ކުރަނީ ޑީސަލް ގަންނަން ލިބޭ އަގު ބޮޑުވުމުން ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައި ވަނީ އެކުންފުނިން ނެރުނު ނޫސް ބަޔާނެއްގައެވެ.

މިނޫސް ބަޔާނުގައި ބުނެފައި ވަނީ އެކުންފުންޏަށް ޑީސަލް ލީޓަރެއް ގަންނަން ލިބޭ އަގު 8 ރުފިޔާއަށްވުރެ ބޮޑުވެއްޖެ ނަމަ، ޑީސަލް ލީޓަރަކުން އިތުރުވާ ކޮންމެ ދިހަ ލާރިއަކުން 'ފިއުލް ސަރޗާޖު' ގެ ގޮތުގައި ޔުނިޓަކަށް 3 ލާރީގެ ނިސްބަތުން އަގު ނަގަމުންދާ ކަމަށެވެ. މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ސްޓެލްކޯއަށް ޑީސަލް ލިބެނީ ނުވަ ރުފިޔާ އަށާވީސް ލާރިއަށް ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. އަދި އެބަދަލާއި އެކު މިހާރު ފިއުލް ސަރޗާޖުގެ ގޮތުގައި ޔުނިޓަކަށް ތިރީސް އަށް ލާރި ނެގުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ހާމަކުރައްވައެވެ.

ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓު ޚިދުމަތަށް ބިލް ކުރަމުން ގެންދަނީ މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ކަނޑައަޅުއްވާފައިވާ ބިލްކުރުމުގެ އުޞޫލާ އެއްގޮތަށެވެ. ސްޓެލްކޯއަށް ޑީސަލް ގަންނަން ލިބޭ އަގަށް އަންނަ ބަދަލާ އެކު ފިއުލް ސަރޗާޖު ދަށްވެ، މަތިވާ ނިސްބަތް އެކުންފުނީގެ ވެބްސައިޓުގައި އާއްމު ކުރަމުންދާ ކަމަށް އެކުންފުނިން ބުނެއެވެ.